
-
އައްޑޫ ސިޓީ، ހުޅުމީދޫގައި ޤާއިމުކުރި މަސް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފިއެވެ.

މިއަދު ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފެސިލިޓީ ހުޅުވައިދެއްވީ، މަަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ފަރުޙަތު ޝަހީރާއި، މިފްކޯގެ އިސްވެރިންނާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިފްކޯއިން ބުނީ މިއީ، ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަޤްޞަދުގައި ހުޅުވި ފެސިލިޓީއެއް މި ފެސިލިޓީއާއިއެކު އައްޑޫ ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ބަންދުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި، މަސްވެރިކަމުން ނަފާ އިތުރު ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.
މި ފެސިލިޓީން މަސް ޕްރޮސެސް ކުރުމުގައި ބޭނުންކުރާނީ ބްލާސްޓް ފްރީޒިންގ މެތަޑު ކަމަށާއި މިގޮތުން ބަންދުކުރެވޭ މަސް މިއަދުން ފެށިގެން މިފްކޯ ހުޅުމީދޫ ފިހާރައިން ގަންނަން ލިބެން ހުންނާނެ ކަންވެސް މިފްކޯއިން ވަނީ ހާމަކޮށްފައެވެ.
މިފްކޯގެ އުފެއްދުންތެރިކަން އިތުރު ކުރުމަށްޓަކައި އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފްކޯއިން ވަނީ، މަސް ގަތުމާއި، ރައްކާ ކުރުމުގެ ޤާބިލުކަން އިތުރު ކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވެލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރު ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ.
ގުޅުންހުރި

ކަންނެލި ގަނެ ޕްރޮސެސް ކުރުމުމަށް ހުޅުމީދޫގައި މަސް ޕްރޮސެސިން ފެސިލިޓީއެއް ހުޅުވައިފި

މިމަހުގެ މިހާތަނަށް މަސްވެރިންނަށް 5 މިލިޔަން ރުފިޔާ ދޫކޮށްފި

މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިއެކޭ އެއްގޮތަށް ދެމެހެއްޓުމަށް ނިންމައިފި

.gif&w=3840&q=75)



