
ފަރުހަތު ޝަހީރު --
ސަރުކާރުގެ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯގެ މަގާމުން ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އެ މަގާމަށް އައްޔަނުކުރީ 2025ވަނަ އަހަރުގެ މާރޗްމަހު 5 ވަނަ ދުވަހު އެވެ. އެއީ އޭރު ސީއޯގެ މަގާމުގައި ހުރި ބޭރު ސީއީއޯ ކަމަށްވާ ޑރ. ވިޓަލީ ލިއުބިމޯވް ވަކިކުރުމުންނެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވީ ސަމާހު ރަޝީދެވެ. އޭނަ އެ މަގާމުން ވަކިކުރީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
މިފްކޯ އަކީ 1993ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.






