
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އިރާނާއިއެކު އެއްބްސްވުމަކަށް ނާދެވިއްޖެ ނަމަ މުޅި އިރާނު ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދީފި އެވެ.

އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރުތުގައި ކުރި ޕޯސްޓެއްގައި ޓްރަމްޕު ބުނީ އިރާނުގައި މިހާރު ހިންގަމުންދާ މިލިޓަރީ އޮޕަރޭޝަން ހުއްޓާލަން އެގައުމުގެ ވެރިންނާއިއެކު އަދިވެސް މަޝްވަރާތައް ކުރަމުންދާކަމަށެވެ. އަދި މި މަޝްވަރާތައް ކުރިޔަށްދަނީ އެގައުމާއިމެދު ވިސްނާ ސުލްހައަށް މަސައްކަތްކުރާ ވެރިންނާއި އެކުގައި ކަމަށް ބުނި ނަމަވެސް އެއީ ކޮން ވެރީންތަކެއް ކަމެއް ޓްރަމްޕު ހާމައެއް ނުކުރެއެެވެ.
ޓްރަމްޕު އިތުރަށް ބުނީ ހަނގުރާމަ ހުއްޓާލުމާއި ގުޅޭގޮތުން އިރާނާއިއެކު ކުރަމުންދާ މަޝްވަރާތަކަށް އިރާނުން ދެކޮޅު ހަދައިފި ނަމަ އިރާނު މުޅިން ސުންނާފަތި ކޮށްލާނެ ކަމަށެވެ. އެގޮތުން އެގައުމުގެ ސިޔާއީ އިންޑަސްޓްރީއާއި ހަކަތަ އާއި ތެލުގެ އިންފްރާސްޓްރަކްޗަރ އަދި އެގައުމުގެ ހަކަތައާއި ތެލުގެ މައި ރަށްކަމަށްވާ ޚަރްޖު އައިލެންޑު އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރާމްޕު ވަނީ ދީފައި އެވެ.
" އެއްބަސްވުމަކަށް ނުދެވޭނަމަ، 47 އަހަރު ތެރޭގައި އީރާނުން މަރާލި އަހަރަމެންގެ ސިފައިންގެ ބަދަލު ހިފުމުގެ ގޮތުން، ކުރިން އަތްނުލާ މުހިންމު އަމާޒުތަކަށް ހަމަލާދޭނަން " ޓްރަމްޕު ބުންޏެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ މުޅި އިރާނު ސުންނާފަތިކޮށްލާނަން - ޓްރަމްޕު

އީރާނަށް ހަމަލާދިނުމުގައި ބައިވެރިވާ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކޮށްފި

އިރާނުގެ މިސައިލް ހަމަލާއެއްގައި ކުވެއިތުގެ 10 ސިފައިން ޒަހަމްވެއްޖެ

.gif&w=3840&q=75)



