logoEN
PNC TOP 3
އިރާނުގެ މިސައިލް ހަމަލާއެއްގައި ކުވެއިތުގެ 10 ސިފައިން ޒަހަމްވެއްޖެ

އިރާނުގެ މިސައިލް ހަމަލާއެއްގައި ކުވެއިތުގެ 10 ސިފައިން ޒަހަމްވެއްޖެ

އަހުމަދު ޝުރާއު

logo

3/29/2026, 3:53:49 PM

# އިރާން

އިރާނުން ދިން މިސައިލް ހަމަލާއެއްގައި ކުވެއިތުގެ 10 ސިފައިން ޒަހަމްވެއްޖެ އެވެ.

PNC MID 2

ކުވެއިތުގެ ދިފާއީ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކުވައިތުގެ ސިފައިންގެ ކޭމްޕަކަށް އީރާނުން ދިން ހަމަލާއެއްގައި ދިހަ ސިފައިންނަށް އަނިޔާވެފައިވާ ކަމަށެވެ.

އެގޮތުން ޒަޚަމްވި މީހުންނަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށާއި، އަސްަކަރީ ކޭމްޕަށްވެސް ގެއްލުންތަކެއް ލިބިފައިވާކަން ކުވެއިތުން ވަނީ ކަށަވަރުކޮށްދީފައި އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކުވައިތަށް އިރާނުގެ 14 ބެލިސްޓިކް މިސައިލާއި 12 ޑްރޯން ހަމަލާ އަމާޒުވިކަމަށާއި ބައެއް ހަމަލާތައް ހުއްޓުވާފައިވާ ކަމަށްވެސް ދިފައީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާކަމަށް ތުހުމަތުކޮށް އެމެރިކާ އިސްވެ އޮވެ އިޒްރޭލުގެ ބައިވެރިވުމާއިއެކު އިރާނަށް ހަމަލާތައް ދޭން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. މިއާއިއެކު އިރާނުންވެސް ރައްދު ހަމަލާތައް ދެމުން އަންނައިރު މިއަދު މި ހަނގުރާމައަށް އެއް މަސް ވަނީ ވެފައި އެވެ.

އިޒްރޭލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކުގެ ރައްދުގައި އިރާނުންވެސް ވަރުގަދަ ހަމަލާތަކެއް އިޒްރޭލާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތަކަށް އަމާޒުކޮށް ދެމުން އަންނަ އިރު އިރާނުގެ ހަމަލާތައް ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ވަރުގަދަ ވަމުންނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC