
އީރާނަށް ހަމަލާދިނުމުގައި ބައިވެރިވާ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކޮށްފި
# އިރާންއިރާނަށް ހަމަލާދޭ އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކޮށްފި އެވެ.

އީރާނަށް ހަމަލާދިނުމުގައި ބައިވެރިވާ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކޮށްފައިވާކަން ހާމަކުރީ އެގައުމުގެ ޑިފެންސް މިނިސްޓަރު މާގަރީޓާ ރޮބްލްސް އެވެ.
ސްޕެއިނުން މި ނިންމި އިރު މީގެ ކުރީން އެގައުމުން ވަނީ އެމެރިކާއަށް އެގައުމުގެ ބޭސްތައް ބޭނުން ކުރުންވެސް މަނާކޮށްފައެވެ.
މެޑްރިޑްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މާގަރީޓާ ވިދާޅުވީ އީރާނުގެ ހަނގުރާމައާ ގުޅުން ހުރި އަމަލުތަކަށް އަސްކަރީ މަރުކަޒުތައް ބޭނުން ކުރުމުގެ ހުއްދައެއް ވެސް އަދި ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައެއް ވެސް ދެން ނުދޭނެ ކަމަށެވެ.
މި ފިޔަވަޅާއެކު އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ރީރޫޓް ކުރަން މަޖުބޫރުވެފައިވީ ނަމަވެސް ކުއްލި ހާލަތަށްތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދޭނެކަން އޭނާ ފާހަގަކުރެއްވި އެވެ/
އެގައުމުގެ އިކޮނޮމީ މިނިސްޓަރު ކާލޯސް ކުއެރްޕޯ ވިދާޅުވީ މި ނިންމުމަކީ އެއްފަރާތުން އަދި "ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށް" ފެށި ހަނގުރާމައަކަށް ތާއީދު ކުރަން ސްޕެއިން އިން ދެކޮޅު ހަދާ ނިންމުމެއް ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުގެ ހަނގުރާމައަށް ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ތަކުރާރުކޮށް ފާޑުވިދާޅުވެފައިވާއިރު، ޓްރަމްޕް ވަނީ ވިޔަފާރީގެ ބަދަލު ހިފުމުގެ އިންޒާރު ސްޕެއިންއަށް ދެއްވާފައެވެ.
ގުޅުންހުރި

އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ މުޅި އިރާނު ސުންނާފަތިކޮށްލާނަން - ޓްރަމްޕު

އީރާނަށް ހަމަލާދިނުމުގައި ބައިވެރިވާ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކޮށްފި

އިރާނުގެ މިސައިލް ހަމަލާއެއްގައި ކުވެއިތުގެ 10 ސިފައިން ޒަހަމްވެއްޖެ

.gif&w=3840&q=75)



