
އިރާނުން އިޒްރޭލުގެ ކެމިކަލް ކާރުޚާނަކަށް ދިން ވަރުގަދަ ހަމަލާއާއިއެކު އެ ކާރުޚާނާއިން ވިހަ ގޭސް ބޭރުވަމުންދާކަމުގެ އިންޒާރުދީފައެވެ.

އިސްރާއީލުގެ ރިޕޯޓްތައް ބުނާ ގޮތުގައި އިރާނުން ހަމަލާދީފައިވަނީ ނަގާބުގައި ހުންނަ އިޒްރޭލުގެ ކާރުޚާނާއަކަށް އަމާޒުކޮށެވެ.
މިއާއިއެކު އެކާރުޚާނާތަކުން ވިހަ ގޭސް ބޭރުވަމުންދާތީ ނަގާބުގައި ބައެއް ހިސާބުތަކުގައި ދިރިއުޅެމުންދާ ޔަހޫދީންނަށް ނުރައްކަލުގެ މެސެޖުތައް ލިބެމުންދާކަމަށްވެސް އިޒްރޭލުގެ ރިޕޯޓުތައް ބުނެއެވެ. އެގޮތުން ވައިގެ ތެރޭގައި ވިހަގަދަ މާއްދައް އެކުލެވިދާނެ ކަމަށާއި އެހެން ކަމުން ދޮރުތައް ބަންދު ތަންތަނުގައި ވަކި ގޮތެއް އަންގަންދެން މަޑުކުރުމަށް ދަނީ އިންޒާރުތައް ނެރެމުންނެވެ.
ހަމަލާ އަމާޒުވި ކާރުޚާނާއަކީ އިޒްރޭލުގެ ބެރުޝެބާ ސިޓީގެ ދެކުނުން 9 ކިލޯމީޓަރު (4 މޭލު) ދުރުގައި އޮންނަ ތަނެކެވެ.
އިޒްރޭލުގެ އެމަޖެންސީ ސާވިސްއިން ރިޕޯޓްކުރާ ގޮތުގައި އިރާނުގެ މި މިސައިލް ހަމަލާގައި އެއް ޔަހޫދީއަކު ވަނީ ޒަހަމްވެފައި އެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

އިރާނުގެ މިސައިލް ހަމަލާއެއްގައި ކުވެއިތުގެ 10 ސިފައިން ޒަހަމްވެއްޖެ

އިރާނުން އިޒްރޭލުގެ ކެމިކަލް ކާރުޚާނަކަށް ދިން ވަރުގަދަ ހަމަލާއާއިއެކު ވިހަ ގޭސް ބޭރުވަނީ

އިރާނުގެ ހަމަލާއެއް އެމެރިކާގެ އެފް-16 ޖެޓަކަށް އަމާޒުވެއްޖެ

.gif&w=3840&q=75)



