logoEN
PNC TOP 3
"އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރ ވީކް" އިފްތިތާހްކޮށްފި

"އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރ ވީކް" އިފްތިތާހްކޮށްފި

އަހުމަދު ޝުރާއު

logo

3/30/2026, 11:29:05 AM

# ޑިފެންސް މިނިސްޓްރީ

-

ދިފާއީ ވުޒާރާގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން އިންތިޒާމްކޮށް އިނގިރޭސިވިލާތުގެ ޑިޕާރޓްމަންޓް ފޮރ ޓްރާންސްޕޯޓޭޝަން (ޔޫ.ކޭ-ޑީ.އެފް.ޓީ) ގެ އެހީތެރިކަމާއިއެކު ދެހަފްތާގެ މުއްދަތަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކުރިޔަށް ގެންދިޔުމަށް ހަމޖެހިފައިވާ "އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރވީކް" އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ހުލުލޭ އައިލެންޑް ހޮޓެލްގައި ބާއްވައިފިއެވެ.

PNC MID 2

މި ރަސްމިއްޔާތުގައި "އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރވީކް" އިފްތިތާހް ކޮށްދެއްވީ ޝަރަފްވެރި މެހުމާނު ދިފާއީ ވުޒާރާގެ ޑެޕިޔުޓީ މިނިސްޓަރ ފާތިމަތު މިޒްނާ އަލީއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މި ބޭއްވޭ "އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރވީކް" ޕްރޮގްރާމަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރާއިބެހޭ މައި ޖަމިއްޔާ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން 2030 ވަނަ އަހަރަށް ހާސިލް ކުރުމަށް އެކަށައަޅާފައިވާ ގްލޯބަލް އޭވިއޭޝަން ސެކިއުރިޓީ ޕްލޭން (ގަސެޕް) ގައި އިސްކަންދީފައިވާ ކަންކަމުގެ ތެރޭގައި ހިމެނިފައިވާ އެންމެ މުހިއްމު އެއް ލަނޑުދަނޑިކަން ފާހަގަކޮށްލެވެއެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ވައިގެ ސަލާމަތީ ހިދުމަތް ދިނުމުގައި ޝާމިލްވާ އިދާރާތަކުން ކުރަމުންގެންދާ ނާޒުކު މަސައްކަތަށް މި ސިނާއަތުގައި ހަރަކާތްތެރިވާ އިދާރާތަކުގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުން އަހުލުވެރިކޮށް މި ސިނާއަތުގެ ސަލާމަތްތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް އެ މުވައްޒަފުންގެ ޝާމިލްވުން އިތުރުކުރުމަށްޓަކައި ބޭނުންވާ ފަންނީ މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ އެއަރޕޯޓްތަކުން ހިދުމަތް ލިބިގަންނަ ޤައުމީ އަދި ބައިނަލްއަޤްވާމީ އެއަރލައިންތަކާއި ފަސިންޖަރުންގެ ސަލާމަތްތެރިކަމަށް އިތުރު ފުރިހަމަކަމެއްލިބި، ވައިގެ ހިދުމަތް ފޯރުކޮށްދޭ ސަލާމަތީ އިދާރާތަކާއި ޖުމްލަކޮށް މި ނިޒާމްއާއިމެދު ހިދުމަތްހޯދާ ފަރާތްތަކުންކުރާ އިތުބާރު އިތުރުވެގެންދާނެއެވެ.

"އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރވީކް" އިފްތިތާހް ކުރުމާއިއެކު ކުރިޔަށް އޮތް ދެހަފްތާގައި މިކަމާއި ގުޅުންހުރި ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް މި ސިނާއަތުގައި ހަރަކަތްތެރިވާ އިދާރާތުގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަށް އަމާޒްކޮށް ކުރިޔަށް ގެންދިޔުމަށް ތާވަލް ކުރެވިފައިވެއެވެ. އަދި ދެމެހެއްޓެނިވި ގޮތުގައި މި ތަމްރީން ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމުގެ މަޤްސަދުގައި " އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރ" ޓްރެއިން ދަރ ޓްރެއިނަރ ޕްރޮގްރާމެއްވެސް ހިންގުމަށް ހަމަޖެހިފައިވެއެވެ.

"އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރވީކް" ގެ ޒަރީއާއިން ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އިތުރުން އާއްމު ދަތުރުވެރިން މިކަމަށް އަހުލުވެރި ކުރުމަށްޓަކައި ތަފާތު ކަންކަން އިންތިޒާމްކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ރާއްޖޭގެ އެއަރޕޯޓްތަކުގެ ގިމަތަ ތަކުގައި ފަސިންޖަރުންނަށް ބޭނުންވާނެ މުހިއްމު މައުލޫމާތުތައް ފޯރުކޮށްދެވޭގޮތަށް ތައްޔާރުކޮށްފައިވާ ބެނަރ، ޕޯސްޓަރ ހަރުކުރުމާއިއެކު ލީފްލެޓްގެ ޒަރީއާއިން މައުލޫމާތު ހިއްސާ ކުރެވިގެންދާނެއެވެ. މި ގޮތުން ހިއްސާ ކުރެވޭ އާއްމު މައުލޫމާތުގެ ތެރޭގައި އެއަރޕޯޓްތަކުގެ އާއްމު މާހައުލުން ފެންނަ ސަލާމަތަށް ނުރައްކާ ވެދާނެ ކަންކަމަކީ ކޮބައިކަމާއި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެ ކަމެއް ކަމާއިގުޅުންހުރި ފަރާތްތަކަށް ވަގުތުން އެންގުމަށްޓަކައި އަމަލުކުރާނެ ގޮތްތައް އިންތިޒާމް ކުރެވިފައިވާ ގޮތް ހިއްސާކުރެވިގެންދާނެއެވެ.

"އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރވީކް" އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޝަރަފްވެރި މެހުމާން ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި އިޤްތިސާދީ ކުރިއެރުމަށްޓަކައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ވައިގެ ދަރުތުފަތުރުގެ ހިދުމަތް ހަރުދަނާކޮށް އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި ކުރައްވަމުންގެންދާ މަސައްކަތުގައި ވައިގެ ދަތުރުފަތުގެ ނިޒާމަކީ ހިދުމަތް ހޯދާފަރާތްތަކަށް އަމާން ރާއްކަތެރި މާހައުލެއްކަން ކަށަވަރު ކުރެއްވުމަށް ނުހަނު އިސްކަމެއް ދެއްވައިކަން ފާހަގަކޮށް އެމަނިކުފާނުގެ ތަސައްވަރާއި އެއްގޮތަށް މި މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ދިފާއީ ވުޒާރާގެ ވަޒީރަށް ދެއްވާ ހާއްސަ އިރުޝާދުތަކާއި މި ކަމަށް ދެއްވަވާ އިސްކަމަށް އަލިއަޅުއްވާ ވާހަކަފުޅު ދައްކަވަފައިވެއެވެ.

"އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރވީކް" އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވައިގެ ދަތުރުފަތުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި އެއަރަޕޯޓް އަދި އެއަރލައިންތައް ހިންގަވާ ފަރާތްތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC