
10 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އައު ސްޓޮކެއް ގެނެސް އަންނަ މަހު އެކެއްގައި ދައުރުކުރަން ފަށަނީ
# އެމްއެމްއޭ-
ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 10 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އައު ސްޓޮކެއް ގެނެސް ދައުރުކުރަން ފަށަން ތައްޔާރުވެއްޖެ އެވެ.

އެމްއެމްއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 10 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން 30 މާރިޗު 2026 ގައި އައު ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އިގްތިސާދުގައި ނަގުދު ފައިސާ އަށް އަލަށް އުފެދޭ ޑިމާންޑަށާއި އެ އޮތޯރިޓީ އަށް ލިބޭ ނޫޓުގެ ތެރެއިން ބައުވެ ހަލާކުވެގެން ނަގާ ނޫޓު ތަކުގެ ބަދަލުގައި ބޭނުންކުރުމަށް ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން މިއަދު ގެނެސްފައިވާ 10 ރުފިޔާގެ ނޫޓު 1 އެޕްރީލް 2026 އިން ފެށިގެންދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ހަމަޖެހިފައިވާކަންވެސް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން ނެރޭ 10 ރުފިޔާގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު އެވެ. އަދި މި ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި ،2025 6 ޞަފަރު 1447 އެވެ.
އެމްއެމްއޭއިން އިތުރަށް ބުނީ 10 ރުފިޔާގެ މި އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށާއި މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކުގައި ކަމަށެވެ.
ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން މިނެރޭ 10 ރުފިޔާގެ ނޫޓާއި އެކު މިހާރު ދައުރުވަމުންދާ 10 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެކަން އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
ގުޅުންހުރި

10 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އައު ސްޓޮކެއް ގެނެސް އަންނަ މަހު އެކެއްގައި ދައުރުކުރަން ފަށަނީ

ރޯދަ މަހާ ދިމާކޮށް ކާބޯތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން އިތުރުކޮށްފި

އިޤްތިސާދީ ހަރާކާތް އިތުރުވުމާއެކު 20 ރުފިޔާ އާއި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި

.gif&w=3840&q=75)



