
ހާއްސަ ހާލަތްތަކުގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި
# އެމްބިއުލާންސް# އާސަންދަ-
އޭޕްރިލް އެއްވަނަ ދުވަހުން ފެށިގެން ވަކި ހާއްސަ ހާލަތްތަކެއްގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ހިދުމަތް ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފި އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ހިދުމަތް ނުލިބުމަކީ ރައްޔިތުންގެ ގިނަ ދުވަސްވީ ކަންބޮޑުވުންތައް އޮތް ކަމެއް ކަމަށެވެ. އަދި ވަކި ހާލަތްތަކެއްގައި އެމްބިއުލާންސް ހިދުމަތް އާސަންދަ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމީ، އެކަމުގައި ވަރަށް ގިނަ މަޝްވަރާތައް ކުރުމަށްފަހު، ފަންނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ރިއާޔަތްކުރުމަށްފަހު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ހިދުމަތް ލިބޭނެ ހާލަތްތައް:
- އިމަޖަންސީގައި ބަލިމީހަކު އުފުލާ ހާލަތްތައް
- މައްޔިތަކު އުފުލާ ހާލަތްތައް
- އެނދުމަތިވެފައިވާ މީހަކު އުފުލާ ހާލަތައް
- ވީލްޗެއާގައި ގެންގުޅޭ މީހުން އައުޓް ޕޭޝަންޓު ފަރުވާއަށް ގެންދާ ހާލަތްތައް
- ޖިސްމާނީ އަދި ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން އައުޓް ޕޭޝަންޓު ފަރުވާއަށް ގެންދާ ހާލަތްތައް
- ސިއްހީ މަރުކަޒެއްގައި އެދުމަތިކުރެވިފައިވާ މީހަަކު އެހެން ތަނަކަށް ގެންދަންޖެހޭ ހާލަތްތައް
- ރާއްޖެއިން ބޭރަށް ފަރުވާއަށް ގެންދާ މީހުން ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދާ ހާލަތްތައް
- ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުން އައުޓް ޕޭޝަންޓް ފަރުވާއަށް ގެންދާ ހާލަތްތައް
"ދެންމިއީ ވަރަށް ގިނަ ދުވަހު އަޅުގަނޑުމެން މަޝްވަރާކޮށް، އެކަމާ ގުޅޭ ގޮތުން ޓެކްނިކަލް ލެވެލްގައި އެކަމުގެ ފައިނޭންޝަލް ނުވަތަ ބަޖެޓަރީ އިމްޕްލިކޭޝަންސް ދެން މިހެން ގޮސް ހުރިހާ ކަމެއް، އޮަޕަރޭޝަނަލް އޭންގަލްއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ނިންމި ނިންމުމެއް" - ރައީސް
އެމްބިއުލާންސް މައްސަލައަކީ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ދިމާވެފައިވާ މައްސަލައެއް ކަމަށާއި، މިހާރު މިނިންމި ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ގުޅުންހުރި

ހާއްސަ ހާލަތްތަކުގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި
އިތުރު 31 ރަށަކަށް މި މަހު އެމްބިއުލާންސް ފޮނުވަނީ!

އެމަރޖެންސީ ކަންކަމުގައި ބޭނުން ކުރުމަށް ސަރުކާރުން ކަރެކްޝަނަށް އެމްބިއުލާންސެއް ހަދިޔާކޮށްފި

.gif&w=3840&q=75)



