
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އިރާނަށް ހަމަލާދިނުމުގެ އޮޕަރޭޝަނެއްގައި ހަރަކާތެރިވަމުންދިޔަ އެމެރިކާގެ އަސްކަރީ ޖެޓަކަށް އިރާނުގެ ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިރާނުގެ ސެމީ އޮފިޝަލް ނޫހެއް ކަމަށްވާ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކުރާ ގޮތުގައި އިރާނަށް ހަމަލާދެމުންދިޔަ އެމެރިކާގެ އެފް-16 ޖެޓަކަށް އިރާނުގެ ހަމަލާއެއްގައި ގެއްލުން ވުމާއި ގުޅިގެން ދެންމެ ކުއްލި ހާލަތުގައި ސައުދީ އަރަބިއްޔާގެ އެއާބޭސްއަކަށް ވަނީ ޖައްސާފައި އެވެ. ނަމަވެސް އެ ޖެޓަށް ލިބުނީ ކޮށް ގެއްލުންތަކެއް ކަން ކަށަވަރުނުވިނަމަވެސް ކުއްލި ހާލަތުގައި އެމެރިކާގެ އެފް-16 ޖެޓެއް ދާދި ދެންމެ އަކު ސައުދީގެ ބޭސްއަކަށް ޖެއްސިކަން އިޒްރޭލުގެ މީޑިއާތަކުންވެސް އަންނަނީ ރިޕޯޓުކުރަމުންނެވެ.
އިރާނުން އިޒްރޭލާއި އެމެރިކާއާއި ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު މިރޭ އިރާނުން ވަނީ އެމެރިކާގެ މެދުއިރުމަތީގެ މައި ކޮމާންޑު ސެންޓަރުގެ މުހިންމު މަސައްކަތްތަކެއް ކުރާ ސައުދީގެ ޕްރިންސް ސުލްތާން އެއާބޭސްއަކަށްވެސް ކާމިޔާބު ހަމަލާތަކެއް ދީފައި އެވެ.
އެގޮތުން އެބޭސްގައި އޮތް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަކަށް ކާމިޔާބު ހަމަލާތަކެއްދީ އެއް މަތިންދާބޯޓު އެއްކޮށް ސުންނާފަތިކޮށްލާފައިވާކަން އެމެރިކާގެ އިސް ދެ އޮފިޝަލަކު ވަނީ އެމެރިކާގެ އެންބީސީ ނޫހަށް ކަށަވަރުކޮށްދީފައި އެވެ.
މީގެ އިތުރުން އެ ހަމަލާގައި އެމެރިކާ ސިފައިންތަކެއްވެސް ޒަހަމްވިކަން އޮފިޝަލުން ވަނީ ބުނެފައި އެވެ.
ގުޅުންހުރި

އިރާނުގެ ހަމަލާއެއް އެމެރިކާގެ އެފް-16 ޖެޓަކަށް އަމާޒުވެއްޖެ

ސައުދީގެ އެއާބޭސްއަކަށް އިރާނުގެ ކާމިޔާބު ހަމަލާއެއް: އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ސުންނާފަތިކޮށްލައި އެމެރިކާގެ ގިނަ ސިފައިންތަކެއް ޒަހަމްކޮށްލައިފި

އިރާނުން ތެލް އަވީވްއަށް ކާމިޔާބު މިސައިލް ހަމަލާއެއްދީ ޔަހޫދީއަކު މަރާލައިފި

.gif&w=3840&q=75)



