logoEN
PNC TOP 3
ސައުދީގެ އެއާބޭސްއަކަށް އިރާނުގެ ކާމިޔާބު ހަމަލާއެއް: އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ސުންނާފަތިކޮށްލައި އެމެރިކާގެ ގިނަ ސިފައިންތަކެއް ޒަހަމްކޮށްލައިފި

ސައުދީގެ އެއާބޭސްއަކަށް އިރާނުގެ ކާމިޔާބު ހަމަލާއެއް: އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ސުންނާފަތިކޮށްލައި އެމެރިކާގެ ގިނަ ސިފައިންތަކެއް ޒަހަމްކޮށްލައިފި

އަހުމަދު ޝުރާއު

logo

3/27/2026, 11:14:29 PM

# އިރާން

ސައުދީ އަރަބިއްޔާގެ އެއާބޭސްއަކަށް އިރާނުން މިއަދު ދިން ހަމަލާއެއްގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ސުންނާފަތިކޮށްލައި އެމެރިކާގެ ގިނަ ސިފައިންތަކެއް ޒަހަމްކޮށްލައިފި އެވެ.

PNC MID 2

އެމެރިކާގެ އިސް އޮފިޝަލުންތަކަކާއި ހަވާލާދީ އެންބީސީ ނޫހުން ރިޕޯޓުކުރަމުންދާގޮތުގައި ސައުދީގައި ހުންނަ ޕްރިންސް ސުލްތާން އެއާބޭސްއަށް އިރާނުން ދިން ކާމިޔާބު މިސައިލް ހަމަލާއެއްގައި އެ އެއާބޭސްގައި އޮތް އެމެރިކާގެ އަސްަކަރީ މަތިންދާބޯޓެއް ސުންނާފަތިވެ އެމެރިކާގެ ސިފައިންތަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައި އެވެ. އެގޮތުން އިތުރު މަތިންދާބޯޓުތަކަށްވެސް ގެއްލުންވި ކަމަށާއި ނަމަވެސް ލިބުނު ގެއްލުންތަކުގެ ސީދާ ތަފްސީލެއް އަދި މިހާތަނަށް އެނގިފައިނުވާ ކަމަށްވެސް އޮފިޝަލުންނާއި ހަވާލާދީ އެންބީސީން ރިޕޯޓުކޮށްފައި ވެއެވެ.

އެމެރިކާގެ ސީބީއެސް ނޫހުން ރިޕޯޓުކުރާ ގޮތުގައ މި ހަމަލާގައި އެމެރިކާގެ 10 ސިފައިން ޒަހަމްވި އިރު ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ވެފައި އެވެ.

މި ހަމަލާދީފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާއާއި ގުޅިގެން އެމެރިކާ އަސްކަރިއްޔާއިން ރަސްމީކޮށް އަދި މިހާތަނަށް ބަހެއް ބުނެފައި ނުވެއެވެ.

އިރާނުން މި ހަމަލާދިން ޕްރިންސް ސުލްތާން އެއާބޭސްއަކީ އެމެރިކާއިން މެދުއިރުމަތީގައި ބޭނުންކުރާ މައި އެއް ބޭސްއެވެ. ސައުދީގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ނަމަވެސް މި ބޭސް ފާހަގަވެގެން ގޮސްފައިވަނީ މެުދުއިރުމަތީގައި އެމެރިކާގެ ކޮމާންޑު ސެންޓަރުގެ އެންމެ ގިނަ މަސައްކަތްތައް ކުރާ ބޭސްގެ ގޮތުގައި އެވެ.

ސައުދީގެ އަލް ޚަރްޖުގައި ހުންނަ މި ބޭސްއަށް ހަމަލާތަކެއް އަމާޒުވި ކަމަށް މިރޭ އިރާކޮޅު ބޭރުގެ ގިނަ މީޑިއާތަކަކުން ވަނީ ރިޕޯޓުކޮށްފައި އެވެ. އެގޮތުން އިރާނުން ހުއްޓުމެއްނެތި ދެތިން ގަޑިއިރަށް ދިން ހަމަލާތަކާއިއެކު އަލް ޚަރްޖުގައި ދިރިއުޅޭ ރައްޔިތުންނަށް ހިމާޔާތް ހޯދުމަށް ނެރުނު އެޑްވައިޒަރީ އުވާލީ މީގެ އިރުކޮޅެއް ކުރީންނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC