
އުއްޗުގެ ތާއީދު މޫސާ އަލީ ޖަލީލަށް: ވިދާޅުވީ މޭޔަރުކަމަށް ވާދަކުރައްވާ ޤައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސަ ކަމަށް!
# މޫސާ އަލީ ޖަލީލް-
މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލް ހޮވުމަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައި އެންޑޯޒްކުރައްވައިފި އެވެ.

ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ގެ އަރިހަށް މިއަދު ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް ވަނީ ޗަމްޕާގިރިއަށް ޒިޔާރަތް ކުރައްވާފައިއެވެ. މި ޒިޔާރަތުގަައި އުއްޗު ވަނީ މޫސާ ޖަލީލް އެންޑޯޒްކުރައްވާ މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލް އިންތިޚާބު ކުރުމަށް ތާއީދުކުރައްވާކަމާއި އަދި ވޯޓް ހޯދަން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިއެވެ.
މިއަދުގެ މި ބައްދަލުވުމުގައި އުއްޗު ދެއްކެވި ވާހަކަފުޅުގައި، މާލެ ސިޓީގެ މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ ޤައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސާ ޢަލީ ޖަލީލްކަމަށާއި ވަކިން ޚާއްޞަކޮށް ސިފައިންގެ ޚިދުމަތުގައި ކެރުމާއި ހިތްވަރާއި ރީތި ނަމޫނާ ދައްކަވާފައިވާ މޫސާ ޢަލީ ޖަލީލް ފަދަ ބޭފުޅުންގެ ޚިދުމަތް މި ޤައުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.
އަދި ޤައުމީ ޚިދުމަތުގައި އިތުބާރު ހިފެހެއްޓެވުމާއެކު މަސައްކަތް ކުރައްވާފައިވާ މޫސާ ޖަލީލް ފަދަ ބޭފުޅުން ޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވުމަށް އަބަދުވެސް އިސްކަން ދެއްވާކަމަށް އުއްޗު ވިދާޅުވިއެވެ.
މޫސާ ޢަލީ ޖަލީލް ވަނީ، މި ދަޢުވަތު ދެއްވިކަމަށްޓަކައި އަދި މި އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް އޭނާ ގެނައުމަށް ތާއީދުކުރެއްވިކަމަށްޓަކައި މުޙައްމަދު މޫސާ (އުއްޗު) އަށް ޝުކުރު އަދާކުރައްވާފައިއެވެ.
ގުޅުންހުރި
އަޅުގަނޑަށް ދެވޭ ކޮންމެ ވޯޓަކީވެސް މާލެ ސިޓީގެ އުޖާލާ މާދަމާއަކަށް އަލިވިލޭ ހިތްގައިމު ފުރުސަތެއް - މޫސާ އަލީ ޖަލީލް

މާލޭގައި ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިވެރިންގެ ތާއީދުވެސް މޫސާ އަލީ ޖަލީލުއަށް!

އުއްޗުގެ ތާއީދު މޫސާ އަލީ ޖަލީލަށް: ވިދާޅުވީ މޭޔަރުކަމަށް ވާދަކުރައްވާ ޤައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސަ ކަމަށް!




