logoEN
PNC TOP 3
މާވަށު އެމްޑީޕީ ޖަގަހައިގެ ކުލަ ޕީއެންސީ ކުލައަށް ބަދަލުކޮށްފި

މާވަށު އެމްޑީޕީ ޖަގަހައިގެ ކުލަ ޕީއެންސީ ކުލައަށް ބަދަލުކޮށްފި

# ޕީއެންސީ

-

ލ މާވަށު އެމްޑީޕީ ޖަގަހައިގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަން ނޫކުލަލައި ޕީއެންސީ ޖަގަހައަށް ބަދަލުކޮށްފި އެވެ.

PNC MID 2

ގާފު އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަގަހަގެ ކުލަ ބަދަލު ކުރީ ކުރިން އެމްޑީޕީގައި ތިބެ އެޖަގަހަ ހެދި މީހުންނެވެ. އެ މީހުންވަނީ ޕީއެންސީއަށް ސޮއިކުރުމަށްފަހު އެމީހުންގެ އަމިއްލަ އަތުން އެ ޖަހަގައި ކުލަ ބަދަލުކޮށްފައެވެ. މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޕީއެންސީ މާވަށު ދާއިރާގެ ރައީސް މުޖްތަބާ ޖަލީލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއީ، އޭޕްރިލް 4ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ކާމިޔާބުކުރުމަށް ޕީއެންސީން ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް އެޕާޓީން ބުނެއެވެ. އަދި މިއީ މާވަށުގެ ޕީއެންސީ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށްޓަކައި އެޅިގެންދިޔަ ފިޔަވަޅެއް ކަމަށްވެސް ޕީއެންސީން ބުނެއެވެ.

މީގެ ކުރިން އެމްޑީޕީއާއި ޑިމޮކްރެޓްސްއިން މާލެ ސަރަހައްދުގައި ބޭނުންކުރި ހަރުގެ ހުރި އިމާރާތްވެސް ވަނީ ޕީއެންސީއަށް ބަދަލުކޮށް ބޭނުންކުރަން ފަށާފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC