logoEN
PNC TOP 3
ތިނަދޫ ސިޓީ ޕީއެންސީ ދޮރުން ދޮރަށް ހަރަކާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ތިނަދޫ ސިޓީ ޕީއެންސީ ދޮރުން ދޮރަށް ހަރަކާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

އަހުމަދު ޝުރާއު

logo

3/17/2026, 8:27:09 PM

# ޕީއެންސީ

-

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މިއަދު ކުރިއަށްގެންދިޔަ ތިނަދޫ ސިޓީގެ ދޮރުން ދޮރަށް ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ބައިވެރިވެވަޑައިގެންފި އެވެ.

PNC MID 2

ތިނަދޫ ސިޓީގެ ޕީއެންސީ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވަޑައިގަތުމަށް ނައިބު ރައީސް ތިނަދޫ ސިޓީއަށް ވަޑައިގެންނެވި މިއަދުގެ މެންދުރުގެ ވަގުތެއްގައި އެވެ. އެގޮތުން އެސިޓީން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައި އެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން މިއަދު ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންދިޔަ ތިނަދޫ ސިޓީގެ އެކި ގެތަކަށް ނައިބު ރައީސް ވަނީ ޒިޔާރަތް ކުރައްވާފަ އެވެ.

ނައިބު ރައީސްގެ އަރިހުގައި ތިނަދޫ ސިޓީ އަށް ނިސްބަތްވާ ކޮންގްރެސް ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެ ޕާޓީގެ ޓިކެޓުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށާއި ކައުންސިލުގެ މެންބަރުކަމަށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންފަައިވެއެވެ.

ނައިބު ރައީސް ވަނީ މިރޭ ތިނަދޫ ސިޓީގައި ބޭއްވި ޚާއްސަ ތަރާވީހެއްގައިވެސް ބައިވެރިވަޑައިގެންފައި އެވެ.

ކޮންގްރެސް ޕާޓީން އަންނަނީ ހަތަރެއް އޭޕްރީލުގައި ބާއްވަން ތާވަލުކޮށްފައި އޮތް އިންތިހާބަަށް ތައްޔާރުވުމުގެ ގޮތުން، މާލެއާއި ސިޓީތަކާއި ހުރިހާ ރަށްރަށެއްގައި ގިނަ ހަރަކާތްތަކެއް ފޯރީގައި ހިންގަމުންނެވެ. އެގޮތުން މާލޭގެ ދާއިރާތަކާއި އެހެނިހެން ސިޓީތަކާއި ރަށްރަށުގައި އެ ޕާޓީގެ ޖަގަހަތައް ގާއިމުކޮށް އެތަންތަނުގައި ހަރަކާތްތައް ހިންގަމުންދެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC