
ޕީއެންސީން މީގެ ކުރީން ބޭއްވި ސައިކަލު ބުރެއް:-
ވެރިކަން ކުރާ ކޮންގްރެސް ޕާޓީ، ޕީއެންސީއިން ޚާއްސަ ސައިކަލު ބުރެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ޕީއެންސީން މިއަދު ބުނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންނަށް އޮތް ތާއީދު ދައްކާލުމަށާއި ހަމަ އެދުވަހު ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ޕީއެންސީގެ ސްޓޭންޑު ހާމަކޮށް އެކަމަށް ކެމްޕެއިން ކުރުމަށް މާލޭގައި ޚާއްސަ ސައިކަލު ބުރެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މި ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ( 13 މާޗު ) 04:00 ގައި މާލޭގެ ބޮޑުތަކުރުފާނު މަގު މެރީ ބްރައުން ކުރިމަތިންނެވެ.
މި ސައިކަލު ބުރުގައި ސަރުކާރުގެ އިސްވެރިންނާއި ޕާޓީގެ ލީޑަރޝިޕާއި މާލެ ސިޓީ ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ވާދަކުރާ ކެނޑިޑޭޓުންވެސް ބައިވެރިވާނެ ކަމަށް ޕީއެންސީން ބުނެއެވެ.
ޕީއެންސީން ވަނީ މި ސައިކަލު ބުރުގައި ޕީއެންސީއަށް ތާއީދުކުރައްވާ ފަރާތްތަކުން ބައިވެރިވުމަށް ދައުވަތުދީފައި އެވެ.
ގުޅުންހުރި

ކޮންގްރެސް ޕާޓީން މާލޭގައި ޚާއްސަ ސައިކަލު ބުރެއް ބާއްވަނީ

ތިނަދޫ ރައްޔިތުން ބަދުނާމުން ސަލާމަތް ކުރެވެން އޮތީ ޕީއެންސީއަށް ވޯޓު ދީގެން - ސައުދުالله
ކައުންސިލާއެކު ކޮލަބޮރޭޓިވްކޮށް ޑަބްލިއުޑީސީގެ މަސައްކަތް ބައްޓަންކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އަލައިކާ އެލްޖީއޭ އޮފިޝަލުންނާއި މަޝްވަރާކޮށްފި

.gif&w=3840&q=75)



