
ތިނަދޫ ރައްޔިތުން ބަދުނާމުން ސަލާމަތް ކުރެވެން އޮތީ ޕީއެންސީއަށް ވޯޓު ދީގެން - ސައުދުالله
# ސައުދު ﷲ ހިލްމީ# ތިނަދޫ ސިޓީ# ޕީއެންސީތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދު ﷲ ހިލްމީ- ފޮޓޯ: ރައްޔިތުން މަޖިލިސް
ލޯކަލް ގަވަމެންޓް އޮތޯރިޓީން އެކުލަވާލި އިކުއަރީ ރިޕޯޓްގައި ގދ.ތިނަދޫ ސިޓީ ކައުންސިލްއިން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރައްވައި އެ ބަދުނާމުން މިންޖުވެވޭނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެނޑިޑޭޓުންނަށް ވޯޓު ދީގެން ކަމަށް ތިނަދޫ އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

ސައުދުالله މިހެން ވިދާޅުވީ މި ރިޕޯޓާ ގުޅިގެން ކަންބޮޑުވުންތައް ރައްޔިތުންނާ ހިއްސާކުރައްވާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެލްޖީއޭއަށް ހުށަހެޅިފައިވާ ތިނަދޫ ސިޓީ ކައުންސިލާ ގުޅުންހުރި 19 މައްސަލަ ބެލުމަށްފަހު އެ އިދާރާއިން އެކުލަވާލި މި ރިޕޯޓްގައި ހިމެނިފައިވާ މައްސަލަތަކާ ގުޅިގެން އެ ސިޓީގެ މޭޔަރު ސައުދު އަލީ 3 މަސްދުވަހަށް ސަސްޕެންޑުކުރިއިރު ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ 1 މަސްދުވަހަށް ސަސްޕެންޑުކުރި އެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ރަށްވެހިކަން ބަދަލުކުރުމަށް އެލްޖީއޭގެ އިރުޝާދާ ހިލާފަށް، ގަވައިދާ ހިލާފަށް ރަށްވެހިކަން ބަދަލުކުރުމުގެ ފީއެއްގެ ގޮތުގައި މީހުން އަތުން 5،000 ރުފިޔާ ތިނަދޫ ކައުންސިލުން ނަގަމުން ދިޔުމާއި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކުރުމުގެ އިތުރުން މިނިސްޓްރީން ހުއްދަ ނުހޯދައި ބިޑް ކޮމިޓީތަކުގެ މެންބަރުންނަށް އެލަވެންސްތައްވެސް ދިނުން ހިމެނެއެވެ.
މީގެއިތުރުންވެސް ސަރުކާރުގެ އިދާރާތަކާއި އަތޮޅު ކައުންސިލުން ބޭނުންވާ ލިޔެކިޔުން ދިނުމަށް އިންކާރުކޮށް ދެކޮޅުހެދުމާއި، އިއުލާނުކުރުމެއްނެތި ވޭޖް އުސޫލުން މުވައްޒަފުން ނެގުމާއި، ވަކި ފަރާތަކަށް މަންފާވާގޮތަށް ލޯންޗެއް ގަތުމާއި، އިދާރީ މުވައްޒަފުންނަށް ވަކި ގޮތްގޮތަށް ކަންކަން ކުރަން މަޖުބޫރުކުރުވުން ހިމެނެ އެވެ. އަދި ސިޓީ ކައުންސިލު ރަސްމީކޮށް ވުޖޫދުނުވަނީސް މޭޔަރު އަދި ޑެޕިއުޓީ މޭޔަރުގެ މުސާރަ އެއިރު ރަށު ކައުންސިލު ރައީސް އަދި ނައިބުރައީސްގެ މަގާމުގައި ތިއްބަވައިގެން ނެންގެވުންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ސައުދުالله ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި ކަންކަމަކީ އިދާރީ މައްސަލަތަކެއް ނޫންކަމާއި، މިއީ ފަސާދައިގެ އަމަލުތަކެއް ކަމަށެވެ. އަދި މީގެން ބައެއް މައްސަލަތައް މިހާރުވެސް އެންޓީ ކޮރަޕްްޝަން ކޮމިޝަނުން ބަލަމުންދާ ކަމަށް ސައުދު ވިދާޅުވި އެވެ.
"މިފަދަ ބަޔަކަށް މިކަހަލަ ކަންކަން ކުރަން އިތުރު ފުރުސަތެއް ތިނަދޫ ރައްޔިތުން ދޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިގެން ތިނަދޫ ރައްޔިތުން މިފަދަ ނޭއްގާނީ ކަންކަމުންނާއި ބަދުނާމުން ސަލާމަތް ކުރެވެން އެބައޮތް،" ސައުދުﷲ ވިދާޅުވި އެވެ.
ތިނަދޫއަށް އެންމެ ރަނގަޅު ގޮތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެނޑިޑޭޓެއް ހޮވުންކަން ކަމަށް ސައުދު ވިދާޅުވި އެވެ. އެއީ ތިނަދޫގެ ތަރައްގީއަށްޓަކައި އަދި އެ ސިޓީގެ އަނބުރަށްޓަކައި ކޮރަޕްޝަނުން ކައުންސިލު ސަލާމަަތްކުރުމަށް ޕީއެންސީ ކެންޑިޑޭޓުން ހޮވުން އެއީ އެންމެ ރަނގަޅުގޮތް ކަމަށްވާތީ ކަމަށެވެ.
ގުޅުންހުރި

ތިނަދޫ ރައްޔިތުން ބަދުނާމުން ސަލާމަތް ކުރެވެން އޮތީ ޕީއެންސީއަށް ވޯޓު ދީގެން - ސައުދުالله
ކައުންސިލާއެކު ކޮލަބޮރޭޓިވްކޮށް ޑަބްލިއުޑީސީގެ މަސައްކަތް ބައްޓަންކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އަލައިކާ އެލްޖީއޭ އޮފިޝަލުންނާއި މަޝްވަރާކޮށްފި

ދީނަށް ފުރައްސާރަކުރި އާމިރު ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ދެއްވި ވާހަކަތަކަކީ ޕާޓީއާއި ރަސްމީ ގުޅުމެއް އޮތް ކަމެއް ނޫން - ޕީއެންސީ
.jpg&w=3840&q=75)
.gif&w=3840&q=75)



