ދަތުރުވެރިޔާ އުމްރާ ގްރޫޕުގެ ހަވާލުގައި ރަމަޟާން މަހު އުމްރާއަށް ދިޔަ ހުރިހާ އުމްރާވެރިން ރާއްޖެ އަތުވެއްޖެ
# ދަތުރުވެރިޔާ# އުމްރާގެ އަޅުކަން-
ދަތުރުވެރިޔާ ގްރޫޕުގެ ހަވާލުގައި މިއަހަރުގެ ރަމަޟާން މަހު އުމްރާއަށް ދިޔަ ހުރިހާ އުމްރާވެރިންވެސް ރާއްޖެ އަތުވެއްޖެ އެވެ.

ދަތުރުވެރިޔާ ގްރޫޕުގެ އޮފިޝަލަކު ވިދާޅުވީ، އެ ގްރޫޕުގެ ހަވާލުގައި މިއަހަރު ރަމަޟާން މަހު އުމްރާއަށް ދިޔަ ހުރިހާ އުމްރާވެރިންވެސް މިހާރު އެނބުރި ރާއްޖެ އައިސްފައިވާ ކަމަށެވެ. އެގޮތުން ރަމަޟާން މަހުގެ ފަހު 15 އަދި ފަހު 10ގައި ދިޔަ ގްރޫޕްތައް ހިމަނައިގެން ޖުމްލަ 312 އުމްރާވެެރިންނަށް ދަތުރުވެރިޔާ ގްރޫޕުން ވަނީ ހިދުމަތް ދީފައެވެ.
ދަތުރުވެރިޔާ ގްރޫޕާއެކު އުމްރާއަށް ދިޔަ ހުރިހާ އުމްރާވެރިންވެސް ވަނީ ޕެކޭޖުގައި ހިމެނޭ ފަސް އުމްރާ ފުރިހަމަކޮށްފައެވެ. އަދި މިހާރު ވަރަށް އުދަނގުލުން ނޫނީ ޒިޔާރަތްނުކުރެވޭ މަސްޖިދުލް ނަބަޥީގައި ހިމެނޭ "ރިއާދުލް ޖަންނަ" ނުވަތަ "ރައުޟާ" އަށްވެސް މި ގްރޫޕުގެ ހުރިހާ އުމްރާވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ދަތުރުވެރިޔާއިން ވަނީ އަހަރުގެ އެކި ދުވަސްތަކަށް ހާއްސަ އުމްރާ ޕެކޭޖުތަކެއް ތައާރަފްކޮށްފައެވެ.ދަތުރުވެރިޔާގެ ކޮންމެ އުމްރާ ޕެކޭޖެއް އިހުތިޔާރުކުރި ނަމަވެސް ހަރަމްފުޅާ ކައިރިން ހޮޓެލް ހަމަޖައްސައިދެއެވެ. އަދި ހަތަރު އިރު ދިވެހި ރަހަތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ސައޫދީ ސަރުކާރުން ނަގަންޖެހޭ އެންމެހާ ހުއްދަތައް ނަގައިގެންނެވެ. ދަތުރުވެރިޔާގެ ކޮންމެ އުމްރާ ވެރިއަކަށްވެސް 5 އުމްރާ ކުރުމުގެ ފުރުސަތު ހިލޭ ލިބިގެންދާނެ އެވެ. އަދި މައްކާ މަދީނާގެ ހާއްސަ ތަންތަނަށް ޒިޔާރަތް ކުރާނެ އެވެ. އުމްރާވެރިން ފުރުމުގެ ކުރިން އުމްރާ ކިޓު ހަވާލުކުރާނެއެވެ. މި ކިޓުގައި އިހުރާމް، ފޮތި، ދުއާ ކާޑު، ބެކްޕެކް, ވެއިސްޓް ބޭންޑް އަދި ފައިވާން ދަބަސް ހިމެނޭނެ އެވެ.
ދަތުރުވެރިޔާ އުމްރާ ގްރޫޕުން ވަނީ ކުރިއަށް ހުރި އުމްރާ ދަތުރުތަކަށް ހާއްސަ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށާފައެވެ. 2000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭ މި ޕްރޮމޯޝަންގައި، ބަހާލާއިގެން ފައިސާ ދެއްކުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ރަޖިސްޓްރޭޝަން ފީ ދެއްކުމަށްފަހު ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ހަމަކުރުމުން މި ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ދަތުރުވެރިޔާ ގްރޫޕުން ވަނީ ބުނެފައެވެ. އެ ގްރޫޕާއެކު އުމްރާއަށް ދާ އާއިލާތަކާއި 10 އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ އަގުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. ދަތުރުވެރިޔާ ގްރޫޕުގެ އުމްރާ ދަތުރުތަކާ ގުޅޭ އިތުރު މައުލޫމާތު 9476612 އިން ލިބޭނެ އެވެ.
ގުޅުންހުރި
ދަތުރުވެރިޔާ އުމްރާ ގްރޫޕުގެ ހަވާލުގައި ރަމަޟާން މަހު އުމްރާއަށް ދިޔަ ހުރިހާ އުމްރާވެރިން ރާއްޖެ އަތުވެއްޖެ

ދަތުރުވެރިޔާގެ ހުރިހާ އުމްރާވެރިންނަށްވެސް ކާމިޔާބުކަމާއެކު "ރައުޟާ" އަށް ވަދެވުނު

ހައްޖު ކޯޕަރޭޝަންގެ ކްލިނިކްގެ ހިދުމަތް ހައްޖާއި އުމްރާ އަށް ދާ ހުރިހާ ދިވެހިންނަށް ލިބިގެންދާނެ!

.gif&w=3840&q=75)



