logoEN
PNC TOP 3
އިރާނުން ތެލް އަވީވްއަށް ކާމިޔާބު މިސައިލް ހަމަލާއެއްދީ ޔަހޫދީއަކު މަރާލައިފި

އިރާނުން ތެލް އަވީވްއަށް ކާމިޔާބު މިސައިލް ހަމަލާއެއްދީ ޔަހޫދީއަކު މަރާލައިފި

އަހުމަދު ޝުރާއު

logo

3/27/2026, 11:09:48 PM

# އިރާން

އިރާނުން ތެލް އަވީވްއަށް ކާމިޔާބު މިސައިލް ހަމަލާއެއްދީ ޔަހޫދީއަކު މަރާލައިފި އެވެ.

PNC MID 2

އިރާނުގެ މިސައިލް ހަމަލާތަކާ ގުޅިގެން ތެލް އަވީވްގައި ޔަހޫދީއަކު މަރުވެފައިވާކަން އިސްރާއީލުގެ އެމްބިއުލާންސް ސާވިސް މަގޭން ޑޭވިޑް އަޑޮމް އިން ވަނީ ކަށަވަރުކޮށްދީފައި އެވެ.

އެގޮތުން މި ހަމަލާގައި މަރުވެފައިވަނީ 60 އަހަރުގެ ޔަހޫދީއެކެވެ.

އިސްރާއީލުގެ އެމްބިއުލާންސް ސާވިސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ހަމަލާގައި ޒަހަމްވި އިތުރު ދެމީހަކަށް ފަރުވާ ދެމުންދާކަމަށާއި އެތަނުން އެކަކަށް ސީރިއަސް އަނިޔާތަކެއް ވެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށެވެ.

އިޒްރޭލުން މިރޭ އިރާނުގެ ސިނާއީ މަރުކަޒުތަކަށާއި ނިއުކްލިއާ ޕްލާންޓުތަކަށް ދިން ހަމަލާގެ ބަދަލު ހިފުމަށް ވަރުގަދަ ހަމަލާތަކެއް އިރާނުން ވަނީ ދީފައި އެވެ. އެގޮތުން ހަމަލާތަކާއި ގުޅިގެން އެހެން ސަރަހައްދުތަކަކުންވެސް ޔަހޫދީތަކެއް ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC