logoEN
PNC TOP 3
ބޮޑު ހަމަލާއަކަށް އިރާނުން ތައްޔާރުވެއްޖެ: މެދުއިރުމަތީގައި ހުރި އެމެރިކާގެ ކާރުޚާނާތަކާއި އިޒްރޭލުގެ ހުރިހާަ ކާރުޚާނާތައް ހުސްކުރަން އަމުރުކޮށްފި

ބޮޑު ހަމަލާއަކަށް އިރާނުން ތައްޔާރުވެއްޖެ: މެދުއިރުމަތީގައި ހުރި އެމެރިކާގެ ކާރުޚާނާތަކާއި އިޒްރޭލުގެ ހުރިހާަ ކާރުޚާނާތައް ހުސްކުރަން އަމުރުކޮށްފި

އަހުމަދު ޝުރާއު

logo

3/27/2026, 4:35:37 PM

# އިރާން

މެދުއިރުމަތީގައި ހުރި އެމެރިކާގެ ކާރުޚާނާތަކާއި އިޒްރޭލުގެ ހުރިހާ ކާރުޚާނާއެއް ހުސްކުރަން އިރާނުގެ އައިއާރްޖީސީން އަމުރުކޮށްފި އެވެ.

PNC MID 2

އިރާނުގެ ނިއުކްލިޔާ ޕްރޮގްރާމަށް މުހިންމު ހެވީ ވޯޓާ ޕްލާންޓަކާއި ޔެލޯކޭކް އުފައްދާ ޕްލާންޓަކަށް އަމާޒުކޮށްގެން އެމެރިކާ އާއި އިސްރާއީލާ ގުޅިގެން މިރޭ ދިން ހަމަލާއާއި ގުޅިގެން ބަދަލުހިފުވުމުގެ ވަރުގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރުވެފައިވާ ކަން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ދާދި ދެންމެ އަކު ވަނީ އިއުލާނުކޮށްފައެވެ.

އެގޮތުން އައިއާރުޖީސީން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާ ސަރުކާރާއި ރައްޔިތުންގެ ހިއްސާ އޮންނަ ކާރުޙާނާތަކާއި އިސްރާއީލުގެ ކާރުޚާނާތަކަށް އަމާޒުކޮށް ކުރިޔަށް އޮތް ގަޑިއެއްހާ އިރުތެރޭގައި ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދީފައި އެވެ.

މިއާއިއެކު އެ ކާރުޚާނާތަކުގައި ތިބި މުވައްޒަފުންނާއި އެތަންތަނާއި އެއް ކިލޯމީޓަރުގެ ރޭޑިއަސްގައި ދިރިއުޅޭ މީހުން ހަމަލާ ނިމެންދެން އެތަން ދޫކޮށް ދާން އައިއާރްޖީސީން ވަނީ އަމުރުކޮށްފައެވެ.

އިރާނުގެ ކާރުޚާނާތަކަށް ވައިގެ ހަމަލާތަކެއް އަމާޒުވެފައިވާ ކަން ދާދި ދެންމެ އަކު ރިޕޯޓުކުރީ އިރާނުގެ މިޑިއާތަކުންނެވެ. އެގޮތުން އިޒްރޭލުގެ ޖެޓުތަކުން ހަމަލާތައް އަމާޒުކުރީ އިރާނުގައި ދަނގަޑު އުފައްދާ ކާރުޚާނާތަކަކަށް ކަމަށްވެސް އިރާނުގެ މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ. މިކަން ކަށަވަރުކޮށްދެމުން އިޒްރޭލުގެ އަސްކަރިއްޔާއިން ދާދި ދެންމެ އަކު ވަނީ އިރާނުގެ ނިއުކްލިއާ މަޝްރޫއަށް މުހިންމު އެންމެ ބޮޑު ދެ ދަގަނޑު ކާރުޚާނާއަށް ވައިގެ ސިފައިން ބޮން އަޅައި އެއްކޮށް ހަލާކުކޮށްފައިވާ ކަމަށް ބުނެފައި އެވެ.

މިހަމަލާތަކާއި ގުޅިގެން އިރާނުގެ އައިއާރްޖީސީން ދާދި ދެންމެ އަކު ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ސިނާއީ މަރުކަޒުތަކަށް އިޒްރޭލުން ހަމަލާތައް ދީފަައިވަނީ އެކަން ނުކުރުމަށް އިންޒާރު ދިފައިވަނިކޮށް ކަމަށާއި އެކަމުގެ "ހިތި ނަތީޖާ" އާއި އިޒްރޭލުން މިރޭ ކުރިމަތިލާން ޖެހޭނެ ކަމުގައި ބުނެފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC