
އިރާނުގެ ސިނާއީ މަރުކަޒުތަކަށް އިޒްރޭލުން ހަމަލާދީފި: އައިއާރްޖީސީން މިރޭ ހަމަލާތައް އަމާޒުކުރާނީ އިޒްރޭލުގެ ކާރުޚާނާތަކަށް!
# އިރާންއިރާނުގެ އެކި ކާރުހާނާތަކަށް އަމާޒުކޮށް އިޒްރޭލުން ވައިގެ ހަމަލާތަކެއް ދީފި އެވެ.

އިރާނުގެ ކާރުޚާނާތަކަށް ވައިގެ ހަމަލާތަކެއް އަމާޒުވެފައިވާ ކަން ދާދި ދެންމެ އަކު ރިޕޯޓުކުރީ އިރާނުގެ މިޑިއާތަކުންނެވެ. އެގޮތުން އިޒްރޭލުގެ ޖެޓުތަކުން ހަމަލާތައް އަމާޒުކުރީ އިރާނުގައި ދަނގަޑު އުފައްދާ ކާރުޚާނާތަކާއި ސިމެންތި އުފައްދާ ކާރުޚާނާތައް ހިމެނޭހެން ގިނަ ކާރުޚާނާތަކަކަށް ކަމަށްވެސް އިރާނުގެ މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.
މިކަނަށް ކަށަވަރުކޮށްދެމުން އިޒްރޭލުގެ އަސްކަރިއްޔާއިން ދާދި ދެންމެ އަކު ވަނީ އިރާނުގެ ނިއުކްލިއާ މަޝްރޫއަށް މުހިންމު އެންމެ ބޮޑު ދެ ދަގަނޑު ކާރުޚާނާއަށް ވައިގެ ސިފައިން ބޮން އަޅައި އެއްކޮށް ހަލާކުކޮށްފައިވާ ކަމަށް ބުނެފައި އެވެ.
މިހަމަލާތަކާއި ގުޅިގެން އިރާނުގެ އައިއާރްޖީސީން ދާދި ދެންމެ އަކު ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ސިނާއީ މަރުކަޒުތަކަށް އިޒްރޭލުން ހަމަލާތައް ދީފަައިވަނީ އެކަން ނުކުރުމަށް އިންޒާރު ދިފައިވަނިކޮށް ކަމަށާއި އެކަމުގެ "ހިތި ނަތީޖާ" އާއި އިޒްރޭލުން މިރޭ ކުރިމަތިލާން ޖެހޭނެ ކަމުގައި ބުނެފައި އެވެ.
އިޒްރޭލުން މިފަދަ ހަމަލާތަކެއް ދިން އިރު ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާއިންވެސް ވަނީ އިރާނުގެ ސިޔާއީ މަރުކަޒުތަކަށް ހަމަލާނުދޭން އިޒްރޭލަށް އަންގާފައި އެވެ.
ގުޅުންހުރި

ބޮޑު ހަމަލާއަކަށް އިރާނުން ތައްޔާރުވެއްޖެ: މެދުއިރުމަތީގައި ހުރި އެމެރިކާގެ ކާރުޚާނާތަކާއި އިޒްރޭލުގެ ހުރިހާަ ކާރުޚާނާތައް ހުސްކުރަން އަމުރުކޮށްފި

އިރާނުގެ ސިނާއީ މަރުކަޒުތަކަށް އިޒްރޭލުން ހަމަލާދީފި: އައިއާރްޖީސީން މިރޭ ހަމަލާތައް އަމާޒުކުރާނީ އިޒްރޭލުގެ ކާރުޚާނާތަކަށް!

އެމެރިކާއާއި އިޒްރޭލުން އިރާނުގެ އިތުރު ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާދީފި

.gif&w=3840&q=75)



