logoEN
PNC TOP 3
ރަޝިޔާއީން އިރާނަށް 450 ޓަނުގެ އެހީ ފޮނުވައިފި

ރަޝިޔާއީން އިރާނަށް 450 ޓަނުގެ އެހީ ފޮނުވައިފި

އަހުމަދު ޝުރާއު

logo

3/27/2026, 3:49:34 PM

# އިރާން

-

ރަޝިޔާއިން އިރާނަށް އެތައްސަތޭކަ ޓަނުގެ ކާބޯތަކެތީގެ އެހީއާއި ބޭހުގެ އެހީ ފޮނުވައިފި އެވެ.

PNC MID 2

ރަޝިޔާގެ އިމަޖެންސީ ސިޗުއޭޝަންސް މިނިސްޓްރީން ބްރޯޑްކާސްޓާ އާރުޓީވީއައިއަށް މައުލޫމާތު ދެމުން ބުނީ އަޒަރުބައިޖާންގެ އަސްތާރާ ބޯޑަރުން އިރާނަށް 300 ޓަނަށް ވުރެ ގިނަ ބޭސް އެތެރެކޮށްފައިވާ ކަމަށާއި އެތަކެއްޗާއި އީރާނުގެ އޮފިޝަލުން ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ،

ރަޝިޔާގެ ދަގޭސްތާން ރިޕަބްލިކްގެ ގަވަރުނަރު ސާގޭ މެލިކޯވް ވިދާޅުވީ ދަގޭސްތާނުން ފޮނުވި ގާތްގަނޑަކަށް 150 ޓަނުގެ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތީގެ ޝިޕްމަންޓެއް އީރާނަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މި ތަކެތި އިރާނުގެ ރެޑްކްރެސެންޓު ސޮސައިޓީގެ ބެލުމުގެ ދަށުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތް ކޯޑިނޭޓްކޮށްފައިވަނީ ދަގަސްތާނުގެ ވެރިރަށް މަޚާޗްކަލާގައި ހުންނަ ރަޝިޔާގެ ފޮރިން މިނިސްޓްރީގެ އޮފީހާއި ޕިއުރ ހާޓް ޗެރިޓީ ފައުންޑޭޝަނުންނެވެ.

ރަޝިޔާއަކީ އިރާނާއިއެކު އެންމެ ގާތް ގުޅުމެއް ބާއްވާ އެއް ގައުމެވެ.

މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމާގައި އެމެރިކާއާއި އިޒްރޭލުން އިރާނުގެ އެކި ސަރަހައްދުތަކަށް ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC