
އެމެރިކާއާއި އިޒްރޭލުން އިރާނުގެ އިތުރު ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާދީފި އެވެ.

އިރާނުގެ މެހެރް ނިއުސް އޭޖެންސީން ރިޕޯޓުކުރާ ގޮތުގައި އެގައުމުގެ ޔަޒްދު ޕްރޮވިންސްގެ އާދަކާންގައި ހުންނަ ޔެލޯކޭކް ޕްރޮޑަކްޝަން ޕްލާންޓަށް އެމެރިކާ-ޒަޔަނިސްޓް ދުޝްމަނުންގެ ހަމަލާއެއް އަމާޒުވީ މީގެ އިރުކޮޅެއް ކުރީންނެވެ.
އެގޮތުން އިބްތިދާއީ ތަހުލީލުތަކުން ދައްކާ ގޮތުގައި މި ހަމަލާގެ ސަބަބުން ފެސިލިޓީން ރޭޑިއޯއެކްޓިވް މެޓީރިއަލް އެއްވެސް ވަރަކަށް ބޭރުވެފައި ނުވާ ކަމަށްވެސް މެހެރް ނިއުސް އޭޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ.
މިފަދަ ހަމަލާއެއް އިޒްރޭލާއި އެމެރިކާއިން ދީފައިމިވަނީ އިރާނުގެ ނިއުކްލިއާ ޕްލާންޓުތަކަށް ދެމުންދާ ހަމަލާތަކާއިއެކު އިރާނާއި އިރާނާއި ކައިރީގައި ތިބި މެދުއިރުމަތީގެ ގައުމުތަކަށް ރެޑިއޮލިޖިކަލް ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީއިން ރޭ ދީފައިވަނިކޮށެވެ.
އިޒްރޭލާއި އެމެރިކާއިން މީގެ ދެދުވަސް ކުރީންވެސް ވަނީ އިރާނުގެ ނިއުކްލިއާ ފެސިލިޓީއަކަށް އަމާޒުކޮށް ހަމަލާދީފައި އެވެ. އެގޮތުން އީރާނުގެ ބުޝެހްރު ނިއުކްލިއާ ޕަވަރ ޕްލާންޓަށް ދިން ހަމަލާ އެތަނަށް އަމާޒުވެފައިނުވެއެވެ.
ގުޅުންހުރި

ބޮޑު ހަމަލާއަކަށް އިރާނުން ތައްޔާރުވެއްޖެ: މެދުއިރުމަތީގައި ހުރި އެމެރިކާގެ ކާރުޚާނާތަކާއި އިޒްރޭލުގެ ހުރިހާަ ކާރުޚާނާތައް ހުސްކުރަން އަމުރުކޮށްފި

އިރާނުގެ ސިނާއީ މަރުކަޒުތަކަށް އިޒްރޭލުން ހަމަލާދީފި: އައިއާރްޖީސީން މިރޭ ހަމަލާތައް އަމާޒުކުރާނީ އިޒްރޭލުގެ ކާރުޚާނާތަކަށް!

އެމެރިކާއާއި އިޒްރޭލުން އިރާނުގެ އިތުރު ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާދީފި

.gif&w=3840&q=75)



