
އެމެރިކާގެ ބޭސްތަކަށް އިރާނުން ދޭ ހަމަލާތަކުގައި މިހާތަނަށް އެެމެރިކާގެ 300 އަށްވުރެ ގިނަ ސިފައިން ޒަހަމްވެއްޖެ
# އިރާންއިރާނުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 300 އަށްވުރެ ގިނަ އެމެރިކާ ސިފައިން ޒަހަމްވެފައިވާކަން ހާމަވެއްޖެ އެވެ.

މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް އިރާނުން ހަމަލާތަެއް ދޭން ފެށީ އެމެރިކާ އިސްވެ އޮވެ އިޒްރޭލުގެ ބައިވެރިވުމާއިއެކު އިރާނަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ދޭން ފެށި ހަމަލާތަކާއި ގުޅިގެންނެވެ.
އެމެރިކާގެ އޮފިޝަލް އޭބީސީ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ އެމެރިކާއިން އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން މިހާތަނަށް މަދުވެގެން 303 ސިފައިންނަށް ޒަހަމްވެފައިވާ ކަމަށެވެ.
އަދި ޒަހަމްވި ސިފައިންގެ ތެރެއިން 273 ސިފައިން އެނބުރި ޚިދުމަތަށް ނިކުތްއިރު 10 ސިފައިންނަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާކަންވެސް އޮފިޝަލް ވަނީ އޭބީސީ ނޫހަށް ކަށަވަރުކޮށްދީފައި އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށުނު މިހަނގުރާމައަށް މާދަމާ އެއްމަސްވާއިރު މި ހަނގުރާމާގައި މިހާތަނަށް 13 އެމެރިކާ ސިފައިން ވަނީ މަރުވެފައި އެވެ.
އިރާނުން އެންމެ ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަނީ އިރާގާއި ގަތަރު އަދި ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަކަށެވެ. މި ހަމަލާތަކާއި ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުންވެސް އަންނަނީ ރައްދު ހަމަލާތަކެއް އިރާނަށް ދޭނެ ކަމުގެ އިންޒާރު ދެމުންނެވެ. ނަމަވެސް އިރާނުން ޑިމާންޑު ކުރަމުންދަނީ އެގައުމުތަކުގައި ތިބި އެމެރިކާ ސިފައިން އެގައުމުތަކުން ބާލުމަށެވެ.
ގުޅުންހުރި

ބޮޑު ހަމަލާއަކަށް އިރާނުން ތައްޔާރުވެއްޖެ: މެދުއިރުމަތީގައި ހުރި އެމެރިކާގެ ކާރުޚާނާތަކާއި އިޒްރޭލުގެ ހުރިހާަ ކާރުޚާނާތައް ހުސްކުރަން އަމުރުކޮށްފި

އިރާނުގެ ސިނާއީ މަރުކަޒުތަކަށް އިޒްރޭލުން ހަމަލާދީފި: އައިއާރްޖީސީން މިރޭ ހަމަލާތައް އަމާޒުކުރާނީ އިޒްރޭލުގެ ކާރުޚާނާތަކަށް!

އެމެރިކާއާއި އިޒްރޭލުން އިރާނުގެ އިތުރު ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާދީފި

.gif&w=3840&q=75)



