logoEN
PNC TOP 3
ދުނިޔޭގެ އެންމެ ވަރުގަދަ ތަހުގީގީ އިދާރާ، އެފްބީއައިއޭގެ ޑިރެކްޓަރުގެ އަމިއްލަ މެއިލް އިރާނުގެ ހެކަރުން ހެކްކޮށްފި

ދުނިޔޭގެ އެންމެ ވަރުގަދަ ތަހުގީގީ އިދާރާ، އެފްބީއައިއޭގެ ޑިރެކްޓަރުގެ އަމިއްލަ މެއިލް އިރާނުގެ ހެކަރުން ހެކްކޮށްފި

އަހުމަދު ޝުރާއު

logo

3/27/2026, 3:19:33 PM

# އިރާން

ދުނިޔޭގެ އެންމެ ވަރުގަދަ ތަހުގީގީ އިދާރާކަމަށްވާ އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، އެފްބީއައިއޭގެ ޑިރެކްޓަރު ކާޝް ޕަޓޭލްގެ އަމިއްލަ މެއިލް އިރާނާއި ގުޅުން އޮންނަ ހެކަރުންތަކެއް ހެކްކޮށްފިއެވެ.

PNC MID 2

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓާއި ހަވާލާދީ ރޮއެޓާސްއިން ރިޕޯޓުކުރާ ގޮތުގައި އީރާނާ ގުޅުން ހުރި ހެކަރުންތަކެއް އެފްބީއައިގެ ޑިރެކްޓަރުގެ އަމިއްލަ އީމެއިލް ހެކްކޮށް އޭނާގެ އީމެއިލްތަކުގެ ޑާޓާ މިހާރު ވަނީ ވަގަށްނަގާފައި އެވެ.

އެގޮތުން މިކަން ކޮށްފައިވަނީ ހަންޑަލާ ހެކް ނަމަކަށް ކިޔާ ގްރޫޕަކުންކަމަށްވެސް ރޮއެޓާސްއިން ވަނީ ބުނެފައި އެވެ. އެގޮތުން ހަންޑަލާ ހެކްއިން މިހާރު ވަނީ ކާޝް ޕަޓޭލްގެ އިންބޮކްސްއަށް އެކްސްސެސްވުމަށްފަހު އޭނާގެ ފޮޓޯތަކާއި މުހިންމު ބައެއް ލިޔެކިޔުންތައް އާންމުކުރަން ފަށާފައި އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވަނީ އެ ގްރޫޕުން ޝާއިއުކޮށްފައިވާ ތަކެތި ސައްހަކަން ރޮއެޓާސްއަށް ކަށަވަރުކޮށްދީފައި އެވެ.

View post on Twitter

މިކަމާއި ގުޅިގެން އަދި މިހާތަނަށް އެފްބީއައިއޭއިންވެސް ރަސްމީ ބަހެއް ބުނެފައިނުވާއިރު މިކަމާއި ގުޅިގެން ބަހެއް ބުނުމަށް ޑިރެކްޓަރު ކާޝް ޕަޓޭލްވެސް ވަނީ އުޒުރުވެރިފައި އެވެ.

ހަންޑަލާ ހެކް އިން ވަނީ މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން އެމެރިކާއާއި ޔަހޫދީ އިޒްރޭލުގެ ބައެއް އޮފިޝަލުންގެ މެއިލްތައް ހެކްކޮށްފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC