logoEN
PNC TOP 3
އިރާނުގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 261 ޔަހޫދީން ޒަހަމްކޮށްލައިފި

އިރާނުގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 261 ޔަހޫދީން ޒަހަމްކޮށްލައިފި

އަހުމަދު ޝުރާއު

logo

3/27/2026, 3:12:34 PM

# އިރާން

އިރާނުގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 261 ޔަހޫދީން ޒަހަމްކޮށްލައިފި އެވެ.

PNC MID 2

އިސްރާއީލުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އިރާނުން އިސްރާއީލަށް މިސައިލް ހަމަލާތައް ދޭން ފެށިފަހުން މިހާތަނަށް 5،492 ޔަހޫދީއަކު ވަނީ ޒަހަމްވެފައި އެވެ. އަދި އޭގެ ތެރެއިން 116 މީހަކަށް އަދިވެސް ދަނީ ފަރުވާދެމުންނެވެ.

ވަކީން ޚާއްސަކޮށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އީރާނާއި ހިޒްބުاللهގެ ހަމަލާތަކުގައި ޒަޚަމްވި 261 ޔަހޫދީއަކަށް ހޮސްޕިޓަލްތަކުން ފަރުވާ ދީފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.

އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާކަމަށް ތުހުމަތުކޮށް އެމެރިކާ އިސްވެ އޮވެ އިޒްރޭލުގެ ބައިވެރިވުމާއިއެކު އިރާނަށް ހަމަލާތައް ދޭން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. މިއާއިއެކު އިރާނުންވެސް ރައްދު ހަމަލާތައް ދެމުން އަންނައިރު މާދަމާ މި ހަނގުރާމައަށް އެއް މަސް ފުރޭނެއެވެ.

އިޒްރޭލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކުގެ ރައްދުގައި އިރާނުންވެސް ވަރުގަދަ ހަމަލާތަކެއް އިޒްރޭލާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތަކަށް އަމާޒުކޮށް ދެމުން އަންނަ އިރު އިރާނުގެ ހަމަލާތައް ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ވަރުގަދަ ވަމުންނެވެ. ނަތީޖާއެއްގެ ގޮތުން އިޒްރޭލުގެ އަޔަން ޑޯމް ބަލިކަށިވެ އިރާނުގެ ގިނަ މަސައިލްތައް މިހާރު ދަނީ އިޒްރޭލުގެ އަމާޒުތަކަށް ކާމިޔާބުކަމާއިއެކު އަމާޒުވަމުންނެވެ.

މި ހަނގުރާމަ ނިންމުމަށްޓަކައި އެމެރިކާއިން ވަނީ އިރާނާއިއެކު މަޝްވަރާކުރަމުން އަންނަކަން މިދިޔަ ހަފްތާގައި ހާމަކޮށްފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC