logoEN
PNC TOP 3
އިރާނުގެ ނިއުކްލިއާ ޕްލާންޓުތަކަށް ހަމަލާދިނުމަކީ ގޯހެއް، މުޅި މެދުއިރުމައްޗަށް ރެޑިއޮލޮޖިކަލް ކާރިސާއެއް ކުރިމަތިވެދާނެ - އައިއޭއީއޭ

އިރާނުގެ ނިއުކްލިއާ ޕްލާންޓުތަކަށް ހަމަލާދިނުމަކީ ގޯހެއް، މުޅި މެދުއިރުމައްޗަށް ރެޑިއޮލޮޖިކަލް ކާރިސާއެއް ކުރިމަތިވެދާނެ - އައިއޭއީއޭ

އަހުމަދު ޝުރާއު

logo

3/26/2026, 10:29:43 PM

# އިރާން

އިރާނުގެ ނިއުކްލިއާ ޕްލާންޓުތަކަށް ދެމުންދާ ހަމަލާތަކާއިއެކު އިރާނާއި އިރާނާއި ކައިރީގައި ތިބި މެދުއިރުމަތީގެ ގައުމުތަކަށް ރެޑިއޮލިޖިކަލް ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީއިން ދީފި އެވެ.

PNC MID 2

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް ރަފައެލް ގްރޮސީ ވަނީ އީރާނުގެ ބުޝެހްރު ނިއުކްލިއާ ޕަވަރ ޕްލާންޓް ކައިރީގައި ދާދި ފަހުން ދިން އަސްކަރީ ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން އައިއޭއީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ފެސިލިޓީއަށް ލިބޭ ގެއްލުންތަކުގެ ސަބަބުން އީރާނާއި އިރާނާއި ކައިރި ސަރަހައްދަކަށް ބޮޑު ރޭޑިއޮލޮޖިކަލް ކާރިސާއެއް މެދުވެރިވެދާނެ ކަމުގެ އިންޒާރު ޑިރެކްޓަރު ޖެނެރަލް ރަފައެލް ގްރޮސީ ދެއްވާކަމަށެވެ.

އެގޮތުން ހަމަލާބަދަލުކުރަމުންދާ ހުރިހާ ފަރާތަކުން ބައިނަލަގްވާމީ ގާނޫނުތަކަށް އެންމެ ފުރިހަމައަށް ބޯލަނބުމަށް ގޮވާލައްވައި، ނިއުކްލިއާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގްރޮސީ ގޮވާލި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި އެމެރިކާއާއި އިޒްރޭލުން ވަނީ އިރާނުގެ އެންމެ ބޮޑު އެއް ނިއުކްލިއާ ފެސިލިޓީ ކަމަށްވާ ބުޝެހްރު ނިއުކްލިއާ ޕަވަރ ޕްލާންޓް ކައިރިއަށް ހަމަލާތަކެއް ދީފައި އެވެ. މި ހަމަލާތަކުގައި ޕްލާންޓަށް ގެއްލުން ވެފައިނުވާކަން އިރާނުން ކަށަވަރުކޮށްދިން އިރު އައިއޭއީއޭއިން ވެސް ވަނީ ގޭސް ލީކުވުންފަދަ ބިރެއް އެހަމަލާއާއި ގުޅިގެން ނެތްކަން ހާމަކޮށްފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC