
ހިޒްބުالله އިން އިޒްރޭލަށް ދިން ރޮކެޓު ހަމަލާއެއްގައި ޔަހޫދީއަކު މަރާލައިފި، މިއަދުގެ މިހާތަނަށް 25 ޔަހޫދީއަކު ޒަހަމްކޮށްލައިފި
# އިރާންހިޒްބުالله އިން އިޒްރޭލަށް ދިން ރޮކެޓު ހަމަލާއެއްގައި ޔަހޫދީއަކު މަރާލައިފި އެވެ.

އިސްރާއީލުގެ ނަހަރިޔާއަށް ހިޒްބުالله އިން ދިން ރޮކެޓު ހަމަލާއެއްގައިޔަހޫދީއަކު މަރުވެފައިވާއިރު، އެ ހަމަލާގައި އިތުރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ.
އީރާނާއި ހިޒްބުاللهގެ ހަމަލާތަކުގެ ސަބަބުން މުޅި ދުވަހު ތެލް އަވީވް، މެދުތެރޭ އިސްރާއީލާއި ހުޅަނގު ގުދުސްގައި ސައިރެންގެ އަޑުތައް ގުގުމާލާފައިވާއިރު މި ހަމަލާތަކުގެ މިއަދުވެސް ގިނަ އަދަދެއްގެ ޔަހޫދީން ވަނީ ޒަހަމްކޮށްލާފައި އެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހު އެކަނިވެސް 25 ޔަހޫދީއަކު ޒަޚަމްވެފައިވެއެވެ.
އިޒްރޭލާއި އެމެރިކާއިން އިރާނަށް ދޭ ހަމަލާތަކާއި ގުޅިގެން ހިޒްބުاللهއިން ދަނީ އިޒްރޭލަށް އަމާޒުކޮށް ކާމިޔާބު ހަމަލާތަކެއް ދެމުންނެވެ. މިއާއިއެކު އިޒްރޭލުންވެސް ހިޒްބުالله ގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށްބުނެ ލުބުނާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދަނީ ދެމުންނެވެ.
ގުޅުންހުރި

ހިޒްބުالله އިން އިޒްރޭލަށް ދިން ރޮކެޓު ހަމަލާއެއްގައި ޔަހޫދީއަކު މަރާލައިފި، މިއަދުގެ މިހާތަނަށް 25 ޔަހޫދީއަކު ޒަހަމްކޮށްލައިފި

10 އެޓޮމިކް ބޮން ހެދޭވަރަކަށް އިރާނުގައި ޔޫރޭނިއަމް އެބަހުރި!

އިރާނުން ޓްރަމްޕަށް ދިން ކަމަށްބުނާ "ހަދިޔާ": ހޯރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ 10 ތެޔޮ ޓެންކަރަކަށް ދިނުން!

.gif&w=3840&q=75)



