logoEN
PNC TOP 3
10 އެޓޮމިކް ބޮން ހެދޭވަރަކަށް އިރާނުގައި ޔޫރޭނިއަމް އެބަހުރި!

10 އެޓޮމިކް ބޮން ހެދޭވަރަކަށް އިރާނުގައި ޔޫރޭނިއަމް އެބަހުރި!

އަހުމަދު ޝުރާއު

logo

3/26/2026, 4:25:29 PM

# އިރާން

10 އެޓޮމިކް ބޮން ހެދޭވަރަކަށް އިރާނުގައި ޔޫރޭނިއަމް އެބަހުރި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ބުނެފި އެވެ.

PNC MID 2

އެމެރިކާގެ ކެބިނެޓު ބައްދަލުވުމުގައި ވާހަކަދައްކަމުން ވިޓްކޯފް ވަނީ މިހާރު މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން 15 ނުކުތާގެ ޕްރޮޕޯސަލްއެއް އިރާނަށް ހުށަހެޅިކަން ކަށަވަރުކޮށްދީފައި އެވެ. ވިޓްކޯފް މިކަން ކަށަވަރުކޮށްދިން އިރު އެމެރިކާ ސަރުކާރުގެ ތަރުޖަމާނު ރޭ ވަނީ އިރާނަށް 15 ނުކުތާގެ ޕްރޮޕޯސަލްއެއް އެމެރިކާއިން ހުށަހެޅި ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓުކުރަމުން އަންނަނީ ހަގީގަތާއި ހިލާފު ވާހަކަތެއް ކަމަށް ބުނެފައި އެވެ.

ކެބިނެޓު ބައްދަލުވުމުގައި ވިޓްކޯފް ބުނީ މިހާރު އިރާނާއިއެކު ކުރަމުންދާ މަޝްވަރާތަކުގައި އެމެރިކާއިން ބޭނުންވާ މަގުސަދުތައް ހާސިލުވުން ދުރުކަން ސާފު ވެފައިވާ ކަމަށެވެ.

އަދި އީރާނުގެ ފަރާތުން މަޝްވަރާކުރަމުންދާ ފަރާތްތަކުން އެގައުމުގައި މިވަގުތުވެސް "11 އެޓޮމިކް ބޮން" ހެދޭ ވަރަށް ޔޫރޭނިއަމް ހުރި ކަމަށް ބުނެފައިވާކަންވެސް ވިޓްކޯފް ވަނީ ހާމަކޮށްފައެވެ. ނަމަވެސް އަދި މިހާތަނަށް އިރާނުން އެއްވެސް އެޓޮމިކް ބޮމެއް އުފައްދާފައިވާކަން އެނގިފައިވާ ކަމެއް ވިޓްކޯފް ހާމައެއް ނުކުރެއެވެ.

އެމެރިކާ އިސްވެ އޮވެ އިޒްރޭލުގެ ބައިވެރިވުމާއިއެކު މިދިޔަ މަހުގެ 28 ވަނަ ދުވަހު އިރާނަށް ހަމަލާދޭން ފެށީ އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަމުންދާކަމަށް ބުނެއެވެ. ނަމަވެސް ދުނިޔޭގެ އެޓޮމިކް އޭޖެންސީން ވަނީ އެފަދަ ހަތިޔާރެއް އިރާނުގައި ނެތްކަން ކަށަވަރުކޮށްދީފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC