logoEN
PNC TOP 3
އިރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރ އަށް ހަމަލާދޭން ފެށުން އޭޕްރިލް 6 އަށް ފަސްކޮށްފިން - ޓްރަމްޕު

އިރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރ އަށް ހަމަލާދޭން ފެށުން އޭޕްރިލް 6 އަށް ފަސްކޮށްފިން - ޓްރަމްޕު

އަހުމަދު ޝުރާއު

logo

3/26/2026, 10:20:26 PM

# އިރާން

އިރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރ އަށް ހަމަލާދިނުމަށް ނިންމި ނިންމުން އަންނަ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ފަސްކޮށްފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހާމަކޮށްފި އެވެ.

PNC MID 2

އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރުތުގައި ކުރި ޕޯސްޓެއްގައޮ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ޕަވަރ ގްރިޑަށް ހަމަލާ ދިނުމަށް އަމިއްލައަށް ކަނޑައަޅާފައިވާ މުއްދަތު އޭޕްރީލް ހަ ވަނަ ދުވަހަށް ފަސްކޮށްފައިވާކަން އިއުލާނުކޮށްފައެވެ

"އީރާނުގެ ސަރުކާރުގެ އެދުމުގެ މަތިން އިރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް ހަމަލާދިނުމަށް ނިންމި ނިންމުން 10 ދުވަހު މަޑުޖައްސާލަނީ 6 އޭޕްރީލް 2026 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8 ޖެހުމާއި ހަމައަށް،" ޓްރަމްޕްގެ ޕޯސްޓުގައި ބުންޏެވެ.

ޓްރަމްޕުގެ ޕޯސްޓުގައި އިތުރަށް ބުނީ އިރާނާއިއެކު ކުރަމުންދާ މަޝްވަރާތައް ބާރު ސްޕީޑެއްގައި ކުރިޔަށް ދާކަމަށާއި މަޝްވަރާތައް ކުރިޔަށްދަނީ " ރަނގަޅަށް" ކަމަށެވެ. ނަމަވެސް މަޝްވަރާތަކުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. އިރާނުގެ އިސްވެރިންނާއިއެކު އެމެރިކާއިން ކާމިޔާބު މަޝްވަރާތަކެއް ކުރަމުން އަންނަކަަމަށް ބުނެ ޓްރަމްޕު ދައްކަމުންދާ ވާހަކަތައް އިރާނުން ދަނީ ދޮގުކުރަމުންނެވެ.

ހަމަލާތައް 6 އޭޕްރިލްއަށް ފަސްކުރިކަން ހާމަކުރުމަށްފަހު މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕު ވަނީ ހަމަލާދިނުން މަޑުޖައްސާލަން އެދުނީ އިރާނުން ކަމަށާއި އިރާނުން އެދުނީ ހަމަލާތައް 7 ދުވަހަށް މަޑުޖައްސައިދިނުމަށް ކަމަށް ބުނެފައި އެވެ. ނަމަވެސް އަމިއްލައަށް ނިންމެވީ ހަމަލާތައް 10 ދުވަހަށް މަޑުޖައްސާލަން ކަމަށް ޓްރަމްޕު ބުންޏެވެ.

އިރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕު އެންމެ ފުރަތަމަ ދިނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެގޮތުން ހޯރްމޫޒް ކަނޑުއޮޅި ނުހުޅުވައިފި ނަމަ 48 ގަޑިއިރުގެ ތެރޭގައި ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ޖެހިގެން އަދި ހޯމަ ދުވަހު ޓްރަމްޕު ވަނީ އިރާނާއިއެކު މަޝްވަރާތައް ފަށާފައިވާކަމަށް ބުނެ ހަމަލާދިނުން އިތުރު 5 ދުވަހަށް މަޑުޖައްސާލިކަމަށް ބުނެފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC