logoEN
PNC TOP 3
އެމެރިކާއާއި އިޒްރޭލުން އިރާނަށް ދޭ ހަމަލާތައް ހުއްޓާނުލައިފިނަމަ ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު ހޫތީން ދީފި

އެމެރިކާއާއި އިޒްރޭލުން އިރާނަށް ދޭ ހަމަލާތައް ހުއްޓާނުލައިފިނަމަ ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު ހޫތީން ދީފި

އަހުމަދު ޝުރާއު

logo

3/26/2026, 4:06:06 PM

# އިރާން

-

އިރާނަށް ދޭ ހަމަލާތައް ހުއްޓާނުލައިފި ނަމަ ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫތީން ދީފި އެވެ.

PNC MID 2

ޔަމަނުގެ ހޫޘީ ހަރަކާތުގެ ލީޑަރު އަބްދުލް މަލެކް އަލް ހޫތީ މިއަދު ދެއްވި ބަސްދީގަތުމެއްގައި ވިދާލުވީ ހާލަތަށް ބަލައި އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ވަންނަން ޖެހިދާނެ ކަމަށެވެ.

އަބްދުލް މަލެކް އަލް ހޫތީ ވިދާޅުވީ ހަނގުރާމައިގައި އަދި ބައިވެރި ނުވި ނަމަވެސް ހޫތީން ތިބީ އިރާނުގެ ދިފާއުގައި ހަމަލާތައް ފަށަން ތައްޔާރަށް ކަމަށެވެ.

"އަސްކަރީ އެހީތެރިކަން އިރާނަށް ބޭނުންވެއްޖެ ކަމުގެ ކުޑަ އިޝާރާތެއް ލިބުނަސް، ލަސްނުކޮށް އަޅުގަނޑުމެން އެހީތެރިކަން ދޭން ފަށާނަން" އޭނާ ވިދާޅުވި އެވެ.

ޔަމަނުގެ ބޮޑެތި ސަރަހައްދުގެ ކޮންޓްރޯލު މިހާރުވެސް އޮތް ހޫތީން ވަނީ މީގެ ކުރީންވެސް އިޒްރޭލުން ޣައްޒާއާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް އިޒްރޭލަށް ކާމިޔާބު ހަމަލާތަކެއް ދީފައި އެވެ. އެގޮތުން މެދުއިރުމަތީގެ މައި ކަނޑު ކަމަށްވާ ރަތް ކަނޑަށް ވަންނަ ސަރަހައްދުގައި ހުންނަ މުހިންމު ކަނޑުގެ ޗޮކްޕޮއިންޓެއް ކަމަށްވާ ބާބް އަލް މަންޑޭބްގެ ކޮންޓްރޯލްވެސް އޮންނަނީ ހޫތީންގެ އަތުގައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC