logoEN
PNC TOP 3
އިރާނުން ޓްރަމްޕަށް ދިން ކަމަށްބުނާ "ހަދިޔާ": ހޯރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ 10 ތެޔޮ ޓެންކަރަކަށް ދިނުން!

އިރާނުން ޓްރަމްޕަށް ދިން ކަމަށްބުނާ "ހަދިޔާ": ހޯރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ 10 ތެޔޮ ޓެންކަރަކަށް ދިނުން!

އަހުމަދު ޝުރާއު

logo

3/26/2026, 4:14:06 PM

# އިރާން

އިރާނުން ބޮޑު ހަދިޔާއެއްދީފި ކަމަށްބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މީގެ ކުރީން އިއުލާނުކުރި ހަދިޔާގެ ތަފްސީލް ހާމަކޮށްފި އެވެ.

PNC MID 2

ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރާ މަޝްވަރާތަކުގައި ސީރިއަސްކަން ދައްކާލުމަށް އީރާނުން 10 ތެޔޮ ޓޭންކަރަކަށް ސްޓްރޭޓް އޮފް ހޯރްމުޒް ހުރަސްކުރުމުގެ ދިން ހުއްދައަކީ އިރާނުން ދިން ބޮޑު "ހަދިޔާ" ކަން ހާމަކުރީ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޓްރަމްޕެވެ.

މި ހަފްތާގެ ކުރީކޮޅު ތެހެރާނުން ލިބުނު "ހަދިޔާއެއް" އާ ގުޅޭ ގޮތުގެ މައުލޫމާތު ހާމަކުރުވުމަށް އޭރު ޓްރަމްޕު ދެކޮޅު ހެދި ނަމަވެސް މިއަދު ޓްރަމްޕު ވަނީ އެކަމުގެ ތަފްސީލް އަމިއްލައަށް ހާމަކޮށްފައެވެ.

އެގޮތުން ޓްރަމްޕް ބުނީ މި ހަފްތާގެ ކުރީކޮޅު އީރާނުން އަށް "ބޮޑު ތެޔޮ ޓެންކަރަކަށް" ހޯރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރު ކުރުމުގެ ހުއްދަ ދިން ކަމަށާއި އޭގެ ފަހުން އިތުރު ދެ ޓޭންކަރަކަށްވެސް އެހުއްދަ ލިބުނު ކަމަށެވެ.

އެ ޓޭންކަރުތަކުގެ ތެރޭގައި ޕާކިސްތާނުގެ ދިދަ ޖަހާފައިވާ ބައެއް އުޅަނދުތައް ވެސް ހިމެނޭ ކަން ޓްރާމްޕު ހާމަކުރި އެވެ.

ނަމަވެސް މިއީ އެމެރިކާ އަދި ޓްރަމްޕުގެ އަމިއްލަ އެދުމަކަށް އިރާނުން ދިން ހުއްދައެއްކަން އަދި މިހާތަނަށް ކަށަވަރެއް ނުވެއެވެ. މިކަމާއި ގުޅިގެން އަދި މިހާތަކަށް އިރާނުން ބަހެއް ބުނެފައި ނުވެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC