
އެމެރިކާގެ ޑެލްޓާ ފޯސް އާއި ސީލް ޓީމް 6 އަދި 75 ވަނަ ރޭންޖާ ރެޖިމެންޓް މެދުއިރުމައްޗަށް: އެއްގަމު މަގުން އިރާނަށް އަރަން އުޅޭކަމުގެ ނިޝާނެއް!
# އިރާންއެމެރިކާ އަސްކަރިއްޔާއިން އެއްގަމު މަގުން އިރާނަށް އެރުމަށް ތައްޔާރުވަމުންދާކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާއިން ދަނީ އެގައުމުގެ ގިނަ އަދަދެއްގެ ސިފައިން މެދުއިރުމައްޗަށް އެއްކުރަމުންނެވެ. މިގޮތުން އެމެރިކާ އަސްކަރިއްޔާގެ މެދުއިރުމަތީގެ އޮޕަރޭޝަންތަކުގެ މިައި ކޮމާންޑް ސެންޓަރު ސެންޓްކޮމްއިން މިރޭ ވަނީ މިވަގުތު އެކަނިވެސް މެދުއިރުމަތީގައި ބައި ލައްކައެއްހާ އެމެރިކާ ސިފައިން ތިބިކަން އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި 200 އަސްަކަރީ މަތިންދާބޯޓުގެ އިތުރުން ދެ މަތިންދާބޯޓު އުފުލާ ބޯޓު އޮޮޕަރޭޓްކުރާ ސިފައިންވެސް ހިމެނެއެވެ.
ސެންޓްކޮމްއިން މިރޭ ވަނީ އިތުރު 1000 ސިފައިންގެ މައްޗަށް އެކުލެވޭ 82 ވަނަ އެއަރބޯން ޔުނިޓެއް މެދުއިރުމައްޗަށް ޖަމާވަމުން އަންނަކަންވެސް ކަށަވަރުކޮށްދީފައި އެވެ.
ސީއައިއޭގެ ކުރީގެ އޮފިޝަލު މިރޭ އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައިވެސް ވަނީ އެމެރިކާއިން މެދުއިރުމައްޗަށް އެލައިޓް ފޯސްތަކެއް ކަމަށްވާ ޑެލްޓާ ފޯސް އާއި ސީލް ޓީމް 6 އަދި 75 ވަނަ ރޭންޖާ ރެޖިމެންޓް ފޮނުވުމަށް ނިންމާފައިވާ ކަން ހާމަކޮށްފައެވެ. އަދި މިއީ އެއްގަމު މަގުން ބޮޑު އޮޕަރޭޝަނެއް ފެށުމަށް ގާތް ވެފައިވާ ކަމުގެ އިޝާރާތެއް ކަމުގައިވެސް އޭނާ ބުންޏެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާގެ އެލީޓް ފޯސްތަކެއް މެދުއިރުމައްޗަށް ޖަމާވަމުން ދިޔުމާއިއެކު މިއީ އެމެރިކާއިން އިރާނުގެ ވެރިކަން ފުރޮޅާލަން ޚާއްސަ ސިއްރު މިޝަނެއް ފެށުމުގެ ތައްޔާރީތައް ކަމަށް ބެލެވެއެވެ.
މެދުއިރުމަތީގައި އެމެރިކާ ސިފައިންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް ގިނަ ވަމުންދާއިރު އެމެރިކާއިން ރޭގެ ވަގުތެއްގައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އިރާނަށް ހުށަހަޅާފައި އެވެ. 15 ނުކުތާގެ މައްޗަށް އެކުލަވާލި އެ އެއްބަސްވުމަށް އިރާނުން ވަނީ ރަސްމީކޮށް ދެކޮޅުވެސް ހަދާފައި އެވެ.
ގުޅުންހުރި

އެމެރިކާގެ ޑެލްޓާ ފޯސް އާއި ސީލް ޓީމް 6 އަދި 75 ވަނަ ރޭންޖާ ރެޖިމެންޓް މެދުއިރުމައްޗަށް: އެއްގަމު މަގުން އިރާނަށް އަރަން އުޅޭކަމުގެ ނިޝާނެއް!

އައިއާރްޖީސީގެ މެސެޖު އަރަބި ގައުމުތަކަށް: އެމެރިކާގެ މަރުކަޒުތަކުން ވާނެ ފައިދާއެއް ނެތް، އިޒްރޭލުން ތިގައުމުތަކަށް ހަމަލާދީފި ނަމަ އެމެރިކާއިން އެހީ ނުވާނެ!

ކެސްޕިއަން ކަނޑުގައި ގާއިމްކޮށްފައިވާ އިރާނާއި ރަޝިޔާގެ ސަޕްލައި ލައިނަކަށް އިޒްރޭލުން ހަމަލާދީފި

.gif&w=3840&q=75)



