logoEN
PNC TOP 3
ކުވެއިތު އެއާޕޯޓުގެ ފިއުލް ޓޭންކަކަށް އިރާނުގެ ޑްރޯން ހަމަލާއެއް އަމާޒުވެ ރޯވެ އަނދަނީ

ކުވެއިތު އެއާޕޯޓުގެ ފިއުލް ޓޭންކަކަށް އިރާނުގެ ޑްރޯން ހަމަލާއެއް އަމާޒުވެ ރޯވެ އަނދަނީ

އަހުމަދު ޝުރާއު

logo

3/25/2026, 12:21:39 AM

# އިރާން

ކުވެއިތު އެއާޕޯޓުގެ ފިއުލް ޓޭންކަކަށް އިރާނުގެ ޑްރޯން ހަމަލާއެއް އަމާޒުވެއްޖެ އެވެ.

PNC MID 2

ކުވައިތުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނާ ގޮތުގައި ޑްރޯން ހަމަލާއެއްގެ ސަބަބުން ބައިނަލްއަގްވާމީ އެއާޕޯޓުގެ ފިއުލް ޓޭންކެއްގައި ވަނީ އަލިފާން ރޯވެފައިއެވެ. ނަމަވެސް މި ހާދިސާގައި މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ކުވެއިތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީންވެސް ހާމަކޮށްފައިނުވެއެވެ.

މި ހަމަލާ އަމާޒުވި ވަގުތު ކުވައިތުގައި ގާތްގަނޑަކަށް 12 ނުވަތަ 13 ވައިގެ ހަމަލާތަކުގެ އިންޒާރުދޭ އެލާމްތައް އެޅިކަމަށް އެގައުމުގައި ތިބި އަލްޖަޒީރާ ނޫސްވެރިންވަނީ ރިޕޯޓުކޮށްފައިއެވެ. މިއީ މިހާތަނަށް އެއްވަގުތެއްގައި އެންމެ ގިނަ އެލާމް އެކްޓިވޭޓްވި ހަމަލާއަށްވާއިރު ރޭ އެކަނިވެސް ކުވެއިތުގެ ދިފާއީ ބާރުތަކުން ވަނީ އެގައުމަށް އަމާޒުވި 13 ޑްރޯން އާއި ހަ މިސައިލް ހުއްޓުވާފައިއެވެ.

މިއީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ކުވެއިތުގެ މައި އެއާޕޯޓަށް މިފަދަ ހަމަލާއެއް އަމާޒުވި ތިން ވަނަ ފަހަރެވެ.

ކުވައިތުގެ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ އޮޕަރޭޝަންތައް ހަނގުރާމަ ފެށުނީއްސުރެ ވަނީ ހުއްޓާލާފައެވެ. އެގޮތުން ކުވެއިތަށް ކުރާ ހުރިހާ ދަތުރުތަކެއް ޑައިވާޓުކޮށްފައިވަނީ ސަރުދީ އަރަބިއްޔާގެ ދައްމާމް އެއާޕޯޓަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC