
އައިއާރްޖީސީގެ މެސެޖު އަރަބި ގައުމުތަކަށް: އެމެރިކާގެ މަރުކަޒުތަކުން ވާނެ ފައިދާއެއް ނެތް، އިޒްރޭލުން ތިގައުމުތަކަށް ހަމަލާދީފި ނަމަ އެމެރިކާއިން އެހީ ނުވާނެ!
# އިރާންއެމެރިކާގެ އަސްކަރީ މަރުކަޒުތަކުން އަރަބި ގައުމުތަކަށް ވާނެ އަދި މިހާތަނަށް ވި އެއްވެސް ފައިދާއެއް ނެތްކަމަށާއި އެހީއަށް ބޭނުންވާ ވަގުތު އެމެރިކާއިން އެގައުމުތަކަށް އެހީނުވާނެ ކަމަށް އިރާނުގެ އައިއާރްޖީސީން ބުނެފި އެވެ.

އައިއާރްޖީސީގެ ތަރުޖަމާނު ރޭ އަރަބި އަދި އިސްލާމީ ގައުމުތަކަށް ފޮނުއްވި މެސެޖެއްގައި ވަނީ އެމެރިކާގެ މަރުކަޒުތަކުން ލިބުނީ ކޮން ފައިދާއެއް ތޯ ސުވާލުކުރައްވާފައި އެވެ. އަދި އިޒްރޭލުން އެގައުމުތަކަށް ހަމަލާދީފި ނަމަ އެހަމަލާތަކުން ދިފާއު ކޮށްދޭން އެމެރިކާއިން އެއްވެސް އެހީއެއް ފޯރުކޮށްދޭނެތޯވެސް ސުވާލުކުރައްވާފައި އެވެ.
މިއާއިއެކު ތަރުޖަމާނު ވަނީ އެމެރިކާއާއި އިސްރާއީލުގެ ބައިވެރިވުމާއި ނުލައި އަރަބި އަދި އިސްލާމީ ގައުމުތަކުން މިނިވަން ސަރަހައްދީ ސަލާމަތީ އިއްތިހާދެއް އުފެއްދުމަށް ގޮވާލައްވާފައި އެވެ. އެގޮތުން އިރާނާއި ދެކޮޅަށް އިޒްރޭލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކާއި އެކު މިވަގުތަކީ މިކަންކަމުން ފިލާވަޅު ލިބިގަންނަންވީ ވަގުތު ކަމަށާއި އިރާނުން އަބަދުވެސް އޮންނާނީ އިސްލާމީ އުންމަތް ދުޝްމަނުންގެ ކިބައިން ސަލާމާތް ކޮށްދޭން އެންމެ ކުރީ ސަފުގައި ކަމަށްވެސް ތަރުޖަމާު ވިދާލުވިއެވެ.
އަދި ބޭރުގެ ބާރުތަކަށް ބަރޯސާވުމުން ދުރުހެލިވެ، ޤުރުއާނުގެ އުނގަންނައިދިނުންތަކަށް އެނބުރި ގޮސް، އިސްލާމީ އުންމަތުގެ ސަލާމަތަކަށްޓަކައި ޚާއްސަ ނިޒާމެއް ބިނާކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައި އެވެ.
އެމެރިކާ އިސްވެ އޮވެ އިޒްރޭލުގެ ބައިވެރިވުމާއިއެކު އިރާނަނަށް ހަމަލާދޭން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެހަމަލާތަކާއިއެކު އިރާނުން ވަނީ ރައްދު ހަމަލާތައް ފަށައި އިޒްރޭލަށާއި މެދުއިރުމަތީގެ އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި އެވެ.
ގުޅުންހުރި

އައިއާރްޖީސީގެ މެސެޖު އަރަބި ގައުމުތަކަށް: އެމެރިކާގެ މަރުކަޒުތަކުން ވާނެ ފައިދާއެއް ނެތް، އިޒްރޭލުން ތިގައުމުތަކަށް ހަމަލާދީފި ނަމަ އެމެރިކާއިން އެހީ ނުވާނެ!

ކެސްޕިއަން ކަނޑުގައި ގާއިމްކޮށްފައިވާ އިރާނާއި ރަޝިޔާގެ ސަޕްލައި ލައިނަކަށް އިޒްރޭލުން ހަމަލާދީފި

ކުވެއިތު އެއާޕޯޓުގެ ފިއުލް ޓޭންކަކަށް އިރާނުގެ ޑްރޯން ހަމަލާއެއް އަމާޒުވެ ރޯވެ އަނދަނީ

.gif&w=3840&q=75)



