
ކެސްޕިއަން ކަނޑުގައި ގާއިމްކޮށްފައިވާ އިރާނާއި ރަޝިޔާގެ ސަޕްލައި ލައިނަކަށް އިޒްރޭލުން ހަމަލާދީފި
# އިރާންކެސްޕިއަން ކަނޑުގައި ގާއިމްކޮށްފައިވާ އިރާނާއި ރަޝިޔާގެ ސަޕްލައި ލައިނަކަށް އިޒްރޭލުން ހަމަލާދީފި އެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ ދަ ވޯލް ސްޓްރީޓް ޖާނަލްއިން ރޭ ރިޕޯޓުކޮށްފައިވާ ގޮތުގައި ކެސްޕިއަން ކަނޑުގައި ހުރި އިރާނުގެ ކަނޑުގެ ސިފައިންގެ އައުޓްޕޯސްޓަކަށް އިސްރާއީލުން ދިން މިދިޔަ ހަފްތާގައި ވަނީ ހަމަލާއެއްދީފައި އެވެ. މިއީ ހަނގުރާމައިގައި އީރާނަށް ރަޝިޔާއިން އެހީ ފޯރުކޮށްދިނުމަށް ބޭނުންކުރާ މައި މަގެއް ކަމަށާއި މިއީ އެމަގު ބަންދުކުރުމަށް އިޒްރޭލުން ދިން ހަމަލާއެއް ކަމަށްވެސް އެނޫހުން ވަނީ ބުނެފައި އެވެ.
އެގޮތުން އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި ކެސްޕިއަން ކަނޑުގައި ގާއިމްކޮށްފައިވާ އިރާނުގެ ނޭވަލް ޕޯސްޓަކީ ރަޝިޔާއާއި އިރާނާއި ދެމެދު ހަތިޔާރު ބަދަލުކުރުމަށް ބޭނުންކުރާ މައި ސަޕްލައިން ލައިނެވެ.
ކެސްޕިއަން ކަނޑަކީ އިރާނާއި ރަޝިޔާއާއި ދެމެދު 600 މޭލު އޮތް ކަނޑެކެވެ. މި ކަނޑަކީ ރަޝިޔާއާއި އިރާނާއި ދެމެދު މުދާ ބަދަލުކުރާ މައި މަގެވެ.
އިރާނުންވެސް މީގެ ކުރީން ވަނީ ކެސްޕިއަން ކަނޑުގައި ހުރި އެގައުމުގައި ނޭވަލް ޕޯސްޓުތައް މެދުވެރިކަޮށް އިރާނަށް ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި އެތެރެކުރާކަން ހާމަކޮށްފައެވެ.
ގުޅުންހުރި

އައިއާރްޖީސީގެ މެސެޖު އަރަބި ގައުމުތަކަށް: އެމެރިކާގެ މަރުކަޒުތަކުން ވާނެ ފައިދާއެއް ނެތް، އިޒްރޭލުން ތިގައުމުތަކަށް ހަމަލާދީފި ނަމަ އެމެރިކާއިން އެހީ ނުވާނެ!

ކެސްޕިއަން ކަނޑުގައި ގާއިމްކޮށްފައިވާ އިރާނާއި ރަޝިޔާގެ ސަޕްލައި ލައިނަކަށް އިޒްރޭލުން ހަމަލާދީފި

ކުވެއިތު އެއާޕޯޓުގެ ފިއުލް ޓޭންކަކަށް އިރާނުގެ ޑްރޯން ހަމަލާއެއް އަމާޒުވެ ރޯވެ އަނދަނީ

.gif&w=3840&q=75)



