
ނިއުކްލިއާ ބާރަކަށް ވުމުގެ ފައިދާ ބޮޑު، އުތުރު ކޮރެއާއަށް ހަމާލާއެއް ދޭކަށް ނުކުރޭނެ - ކިމް ޖޮންގް އުން
# އުތުރު ކޮރެއާއުތުރު ކޮރެއާއަކީ ނިއުކްލިއާ ބާރަކަށް ވުމުގެ ފައިދާ އެންމެ ބޮޑު ގައުމުކަމަށާއި އެގައުމަށް ހަމަލާދޭން ނުކުރެނީ އެސަބަބާއި ހެދި ކަމަށް އެގައުމުގެ ލީޑަރު ރު ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.

އޭނާ މިފަދައިން ވިދާލުވީ ގައުމުގެ ޚާއްސަ މަޖިލީހުގައި ދެއްވި ތަގްރީރެއްގައި އެވެ.
އެގޮތުން އިރާނާއި ދެކޮޅަށް ހިނގަމުންދާ ހަނގުރާމައާއި ގުޅޭގޮތުން ނުސީދާ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ މިއަދުގެ ހަގީގަތުން ސާފުކޮށް ދައްކުވައިދެނީ ދުޝްމަނުންގެ ފޮނި ވާހަކަތަކާ ދެކޮޅު ހަދައި، ނޯތު ކޮރެއާއިން ނިއުކްލިއާ ބާރަކަށް ވުމަށްޓަކައި ކުރި މަސައްކަތުގެ ސަބަބުން ނޯތު ކޮރެއާގެ ރައްޔިތުންނަށް ބައެއްގެ ހަމަލާއެއް އަމާޒުނުވާނެ ކަމުގެ ރައްކާތެރިކަން ލިބިގެން ދިޔުން ކަމަށެވެ.
އަދި މިއީ އެ ގައުމުގެ ސްޓްރެޓެޖިކް ޗޮއިސް އާއި ނިންމުމުގެ ޝަރުއީކަން ހާމަކޮށްދޭ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ނިއުކްލިއާ ބާރަކަށް ވެގެންދިޔުމާއިއެކު އުތުރު ކޮރެއާ އަކީ "މިހާރު ނުރައްކަލުގެ ދަށުގައިވާ ގައުމެއް ނޫން" ކަމަށާއި ސަބަބަކީ އެގައުމުގައި "ނުރައްކަލެއް ކުރިމަތިކުރުވުމުގެ ބާރު" ލިބިފައިވުން ކަމުގައި ނޯތު ކޮރެޔާގެ ލީޑަރު ވިދާލުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރުން ނިއުކްލިއާ ބާރެއްގެ ގޮތުގައި އޮތް ދަރަޖަ ވަރުގަދަ ކުރަމުން ގެންދާނެ،" ކިމް އިތުރަށް ވިދާޅުވި އެވެ.
އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ 2003 ވަނަ އަހަރު އެގައުމުގެ ނިއުކްލިއާ ހަތިޔާރު ހުރިކަން އިއުލާން ކުރި ފަހުން ބައިނަލްއަގްވާމީ މަޝްވަރާތަކެއް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ގުޅުންހުރި

ނިއުކްލިއާ ބާރަކަށް ވުމުގެ ފައިދާ ބޮޑު، އުތުރު ކޮރެއާއަށް ހަމާލާއެއް ދޭކަށް ނުކުރޭނެ - ކިމް ޖޮންގް އުން

ޓްރަމްޕު ދެކުނު ކޮރެއާއަށް ދިޔުމުގެ މަގަުމަތީގައި: އުތުރު ކޮރެއާއިން ކްރޫސް މިސައިލެއް ޓެސްޓު ކޮށްފި

ނޯތު ކޮރެޔާގެ ލީޑަރު ކިމް ޗައިނާއަށް ވަޑައިގެންފި: ޗައިނާއާއި ރަޝިޔާއާއިއެކު ފުޅާ މަޝްވަރާތަކެއް ކުރާނެ!

.gif&w=3840&q=75)



