
ޓްރަމްޕު ދެކުނު ކޮރެއާއަށް ދިޔުމުގެ މަގަުމަތީގައި: އުތުރު ކޮރެއާއިން ކްރޫސް މިސައިލެއް ޓެސްޓު ކޮށްފި
# އުތުރު ކޮރެއާ-
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކުނު ކޮރެއާއަށް ދަތުރު ފެށުމުގެ ގަޑިއެއްހާއިރު ކުރިން އުތުރު ކޮރެއާއިން އެގައުމުގެ ހުޅަނގު ކަނޑުގެ ސަރަހައްދުތަކުގައި ކްރޫޒް މިސައިލްތަކެއް ޓެސްޓްކޮށްފި އެވެ.

އުތުރު ކޮރެއާގެ ރަސްމީ ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުދަ ދުވަހު ބުނީ އަންގާރަ ދުވަހު ރީނދޫ ކަނޑުގައި ކުރިއަށް ގެންދިޔަ މި ޓެސްޓުތަކުގައި މިސައިލްތައް އަމާޒުތަކަށް ޞަރީޙަކޮށް އަމާޒުވުމުގެ ކުރިން ދެ ގަޑިއިރަށް ވުރެ ގިނައިރު އުދުހިފައިވާ ކަމަށެވެ.
މި ޓެސްޓް ބެލެހެއްޓެވި އަސްކަރީ މަތީ އޮފިޝަލް ޕާކް ޖޮންގް ޗޮން ވިދާޅުވީ ހަނގުރާމައަކަށް ތައްޔާރުވުމުގެ ގޮތުން އުތުރު ކޮރެއާގެ "ނިއުކްލިއާ ބާރުތައް" ތަރައްގީކުރުމުގައި "މުހިންމު ކާމިޔާބީތަކެއް" ލިބެމުންދާ ކަމަށެވެ.
މި ޓެސްޓުގެ މަގުސަދަކީ "ތަފާތު ސްޓްރެޓެޖިކް އޮފެންސިވް ވަސީލަތްތަކުގެ އިތުބާރު ކުރެވޭ މިންވަރު ވަޒަންކޮށް، އެ ވަސީލަތްތަކުގެ ގާބިލްކަން ދުޝްމަނުންގެ މައްޗަށް ބޭނުންކުރުމަށް ތައްޔާރުކުރުން" ކަމަށް ޕާކް ވިދާޅުވި އެވެ.
"ނިއުކްލިއާ ހަނގުރާމައިގެ ޕޯސްޗާ މެދުކެނޑުމެއްނެތި ހަރުކަށި ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާދާރު މިޝަނާއި ވާޖިބެއް،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފުން ބުދަ ދުވަހު ވިދާޅުވީ އުތުރު ކޮރެއާގެ ލޯންޗް ތައްޔާރީތައް އަސްކަރިއްޔާއަށް އެނގިފައިވާ ކަމަށާއި ކްރޫޒް މިސައިލްތައް ފޮނުވާލާފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 3 ޖަހާ އެހާކަންހާއިރު (ޖީއެމްޓީ 06:00) އެގައުމުގެ ހުޅަނގު އުތުރުގެ ކަނޑުގެ ސަރަހައްދުގައި ކަމަށެވެ.
ޖޮއިންޓް ޗީފްސް ވިދާޅުވީ ދެކުނު ކޮރެއާ އާއި އެމެރިކާއިން ހަތިޔާރުތައް ތަހުލީލު ކުރަމުންދާ ކަމަށާއި އުތުރު ކޮރެއާގެ އެއްވެސް ޕްރޮވޮކޭޝަނަކާ ދެކޮޅަށް "ޑޮމިނޭންޓް ރެސްޕޮންސް" އެއް ދިނުމުގެ ގާބިލް ޑިފެންސް ރެޑިނޭސް އެއްކޮށް ދަމަހައްޓަމުންދާ ކަމަށެވެ.
މިފަދަ ޓެސްޓެއް އުތުރު ކޮރެއާއިން ކޮށްފައިމިވަނީ ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިޔުންގް ދައުވަތަކަށް ޓްރަމްޕު ދެކުނު ކޮރެއާއަށް ވަޑައިގަތުމުގެ ގަޑިއެއްހާ އިރު ކުރީންނެވެ. ދެކުނު ކޮރެއާގައި މިއަހަރު ބާއްވާ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕީއީސީ) ބައްދަލުވުންތަކުގައި ޓްރަމްޕު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ގުޅުންހުރި

ޓްރަމްޕު ދެކުނު ކޮރެއާއަށް ދިޔުމުގެ މަގަުމަތީގައި: އުތުރު ކޮރެއާއިން ކްރޫސް މިސައިލެއް ޓެސްޓު ކޮށްފި

ނޯތު ކޮރެޔާގެ ލީޑަރު ކިމް ޗައިނާއަށް ވަޑައިގެންފި: ޗައިނާއާއި ރަޝިޔާއާއިއެކު ފުޅާ މަޝްވަރާތަކެއް ކުރާނެ!

އުތުރު ކޮރެއާއިން ކުރު ރާސްތާގެ ގިނަ ބެލިސްޓިކް މިސައިލްތަކެއް އުދުއްސާލައިފި





