logoEN
Sto top
ނޯތު ކޮރެޔާގެ ލީޑަރު ކިމް ޗައިނާއަށް ވަޑައިގެންފި: ޗައިނާއާއި ރަޝިޔާއާއިއެކު ފުޅާ މަޝްވަރާތަކެއް ކުރާނެ!

ނޯތު ކޮރެޔާގެ ލީޑަރު ކިމް ޗައިނާއަށް ވަޑައިގެންފި: ޗައިނާއާއި ރަޝިޔާއާއިއެކު ފުޅާ މަޝްވަރާތަކެއް ކުރާނެ!

އަހުމަދު ޝުރާއު

logo

9/2/2025, 11:21:16 AM

# އުތުރު ކޮރެއާ

-

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ޗައިނާއަށް ވަޑައިގަންނަވައިފި އެވެ.

Wamco

ކިމް ޗައިނާއަށް ވަޑައިގެންނެވީ މިހާތަނަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މިލިޓަރީ ޕެރޭޑް ބައްލަވައިލެއްވުމަށް ޗައިނާގެ ރައީސް ޝީގެ ދައުވަތަކަށެވެ. މި މިލިޓަރީ ޕެރޭޑުގައި ރަޝިޔާގެ ލީޑަރު ވްލިމިޑިއާ ޕުޓިންވެސް ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައި އެވެ.

މިއީ ކިމްގެ ވެރިކަމުގެ 14 އަހަރުގެ ތެރޭގައި މަލްޓިލޭޓަރަލް އިވެންޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ގައުމުން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ މުނާސަބަތެވެ. އަދި މިއީ އޭޝިއާގެ އެންމެ ވަރުގަދަ ތިން ލީޑަރުން އެކުގައި ބައްދަލުވާ ފުރަތަމަ ބައްދަލުވުމެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ކިމް އާއި ޕުޓިން ޗައިނާއަށް ކުރައްވާ މި ދަތުރުފުޅުގެ މަގުސަދަކީ އެމެރިކާއާ ދެކޮޅަށް އެ ބޭފުޅުންގެ މެދުގައި އެއްބައިވަންތަކަން ދައްކުވައިދިނުން ކަމަށެވެ.

އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފްލައިޓުގައި ދަތުރުކުރައްވަން އިސްކަން ނުދެއްވާ ކިމް، އޭނާގެ ހާއްސަ ފެހި ކުލައިގެ އާމާޑް ރޭލު ބޭނުންކޮށްގެން ބެއިޖިންއަށް ދަތުރުކުރެއްވި ނަމަވެސް، "ނެކްސްޓް ޖެނެރޭޝަން" އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ގެ އާ އިންޖީނެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ އުތުރު ކޮރެއާގެ މިސައިލް ރިސާޗް އިންސްޓިޓިއުޓެއްގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ޗައިނާއަށް ވަޑައިގެންނެވުމުގެ މަގުމަތީގައި މަޑުކުރެއްވި އެވެ.

ބެއިޖިންގައި ކުރިޔަށްގެންދިޔުމަށް ނިންމާފައިވާކަމަށް ބުނާ ތިން ލީޑަރުންގެ ޕްރައިވެޓް ޓްރައިލެޓަރަލް ބައްދަލުވުމެއް ބާއްވާކަން ތިން ގައުމުގެ ތެރެއިން އެއްވެސް ގައުމަކުން ރަސްމީކޮށް ކަށަވަރު ކޮށްފައި ނުވި ނަމަވެސް ޕުޓިންގެ އެހީތެރިޔާ ޔޫރީ އުޝާކޯވް ރަޝިއާގެ ޓާސް ނިއުސް އެޖެންސީއަށް އަންގާފައި ވަނީ ލަޑިމިއާ ޕޫޓިން އާއި ކިމްގެ ބައްދަލުވުމެއް ބޭއްވުމަށް ވިސްނަމުންދާ ކަމަށެވެ.

މީގެ ކުރިން ޗައިނާގެ ލީޑަރު ޝީ ޖިންޕިން ވަނީ ރަޝިއާގެ ރައީސަށް "ގާތް ޒަމާންވީ ރަހުމަތްތެރިއެއްގެ" ގޮތުގައި މަރުހަބާ ދަންނަވާފަ އެވެ. އަދި ޕޫޓިން ވަނީ ޝީއަކީ އޭނާގެ "ލޮބުވެތި ރަހުމަތްތެރިޔާ" ގެ ގޮތުގައި ސިފަކުރައްވައި، ބެއިޖިންއާ މޮސްކޯގެ ގުޅުން އޮތީ ހީވެސް ނުކުރާ ވަރަށް މަތީ ދަރަޖައެއްގައި ކަމަށް ވިދާޅުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC