logoEN
cocacola
އުތުރު ކޮރެއާއިން ކުރު ރާސްތާގެ ގިނަ ބެލިސްޓިކް މިސައިލްތަކެއް އުދުއްސާލައިފި

އުތުރު ކޮރެއާއިން ކުރު ރާސްތާގެ ގިނަ ބެލިސްޓިކް މިސައިލްތަކެއް އުދުއްސާލައިފި

އަހުމަދު ޝުރާއު

logo

9/12/2024, 1:25:26 PM

# އުތުރު ކޮރެއާ

--

އުތުރު ކޮރެއާއިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ކުރު ރާސްތާގެ ގިނަ ބެލިސްޓިކް މިސައިލްތަކެއް އުދުއްސާލާފައިވާ ކަމަށް ދެކުނު ކޮރެއާ އާއި ޖަޕާނުން ބުނެފި އެވެ.

ގޮސިޔާ

ބުރާސްފަތި ދުވަހުގެ ހެނދުނު 7:10 ހާއިރު މި މިސައިލްތައް އުދުއްސާލާފައިމިވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން އޭނާގެ ނިއުކްލިއާ ފޯސް ވާދަވެރިންނާ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރަށް ބަހައްޓާނެ ކަމަށް ވައުދުވެވަޑައިގެންފައި ވަނިކޮށެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ނެރުއްވި ބަޔާނެއްގައި އުތުރު ކޮރެއާގެ ވެރިރަށް ޕިއޮންޔޮންއިން ފޮނުވާލި މިސައިލްތައް ކޮރެއާ ޕެނިންސިއުލާ އާއި ޖަޕާނާ ދެމެދުގެ ކަނޑުގެ ސަރަހައްދަށް ޖެއްސުމުގެ ކުރިން 360 ކިލޯމީޓަރު (220 މޭލު) އުދުހޭކަން އެނގުނު ކަމަށެވެ.

އަދި އުތުރު ކޮރެއާއިން މިސައިލް ފޮނުވާލުމަކީ ކޮރެއާ ޕެނިންސިއުލާގެ ސުލްހަމަސަލަސްކަމާއި ހަމަޖެހުމަށް ވަރަށް ބޮޑަށް ނުރައްކާވާ ފަދަ ފާޅުކަން ބޮޑު ހިތްވަރެއް ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ދެކުނު ކޮރެއާއިން މިސައިލްގެ އަދަދު ހާމަކޮށްފައި ނުވި ނަމަވެސް ޖަޕާނުގެ ދިފާއީ ވުޒާރާއިން ބުނީ މަދުވެގެން ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވަނީ އުޅަނދުފަހަރާއި މަތިންދާބޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އޮފިޝަލުންނަށް އަންގަވާފައެވެ. މި ކަމާއި ގުޅިގެން އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ