logoEN
PNC TOP 3
ދަތުރުވެރިޔާގެ ހުރިހާ އުމްރާވެރިންނަށްވެސް ކާމިޔާބުކަމާއެކު "ރައުޟާ" އަށް ވަދެވުނު

ދަތުރުވެރިޔާގެ ހުރިހާ އުމްރާވެރިންނަށްވެސް ކާމިޔާބުކަމާއެކު "ރައުޟާ" އަށް ވަދެވުނު

# ދަ ޓްރެވެލަރ# ދަތުރުވެރިޔާ

-

ދަތުރުވެރިޔާ ނުވަތަ ދަ ޓްރެވެލަރ ގްރޫޕުގެ ހަވާލުގައި ދިޔަ ހުރިހާ އުމްރާވެރިންވެސް މަސްޖިދުލް ނަބަޥީ ގައި ހިމެނޭ "ރައުޟާ" އަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެގްރޫޕުން ބުނެފި އެވެ.

PNC MID 2

މަސްޖިދުލް ނަބަޥީގައި ހިމެނޭ "ރިއާދުލް ޖަންނަ" ނުވަތަ "ރައުޟާ" އަކީ އެމިސްކިތުގެ މިންބަރު ކޮޅާއި ރަސޫލާ (ޞޢޥ) ގެ މަޤާމުކޮޅާ ދެމެދު އޮންނަ ސަރަޙައްދެވެ.

މަސްޖިދުއް ނަބަވީގެ ބައެއް ކަމުގައިވާ ރައުޟާއަކީ ކީރިތި ރަސޫލާގެ ގަނޑުވަރާއި (މިހާރު އެކަލޭގެފާނުގެ ޒިޔާރަތް) ފުޅާއި އެކަލޭގެފާނުގެ މިންބަރުކޮޅާއި ދެމެދު އޮންނަ ތަންކޮޅެވެ. ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. "ތިމަންކަލޭގެފާނުގެ ގަނޑުވަރާ ތިމަންކަލޭގެފާނުގެ މިންބަރުކޮޅާ ދެމެދު އޮތް ތަނަކީ ސުވަރޭގެ ބަގީޗާ ތަކުގެ ތެރެއިން ބަގިޗާއެކެވެ." އަރަބި ބަހުގައި ރައުޟާއަކީ ބަގީޗާއެވެ.

ބިންމަތީގައި އޮތް ސުވަރުގޭގެ ތަންކޮޅެއްކަމަށް ގަބޫލުކުރެވޭ 72 ފޫޓު ދިގު 15 ފޫޓު ފުޅާ މި ތަންކޮޅުގައި ނަމާދުކޮށްލުމަކީ މަދީނާއަށް ޒިޔާރަތްކުރާ ކޮންމެ މީހަކުވެސް ބޭނުންވާ ކަމެކެވެ.

ދަތުރުވެރިޔާގެ އޮފިޝަލަކު ގާފު އޮންލައިން އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މަސްޖިދުލް ނަބަޥީ ގައި ހިމެނޭ "ރައުޟާ" އަށް މިހާރު ޒިޔާރަތްކުރުމަކީ ވަރަށް އުދަނގޫ ކަމެއް ކަމަށާއި، އެގްރޫޕުގެ ހަވާލުގައި ދިޔަ ހުރިހާ އުމްރާވެރިންވެސް ވަރަށް ހިތްވަރުން ވަރަށް ގިނަ އިރު ކިއުގައި މަޑުކޮށްގެން ކާމިޔާބުކަމާއެކު ރައުޟާއަށް ވަދެވުނު ކަމަށެވެ.

ދަތުރުވެރިޔާގެ އުމްރާވެރިން ވަނީ ޠާއިފް އާއި ހިރާ މިިއުޒިއަމް އަދި ހިރާ ފަރުބަދައަށް ޒިތާރަތްކޮށް މަދީނާއިން އެނބުރި އައިސްފައެވެ. ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅުކަމަށް އެ ގްރޫޕުން މައުލޫމާތުދެއެވެ.

މި ރަމަޟާން މަހު އުމްރާއަށް ދަތުރުވެރިޔާ ގްރޫޕުގެ ހަވާލުގައި 312 އުމްރާވެރިން ވަނީ މައްކާއަށް ދަތުރުކޮށްފައެވެ. އަދި ހުރިހާ އުމްރާވެރިންވެސް ޕެކޭޖުގައި ވާ ފަސް އުމްރާ ފުރިހަމަކޮށްފައިވާ ކަމަށް އެގްރޫޕުން މައުލޫމާތުދެއެވެ.

ދަތުރުވެރިޔާގެ ރަމަޟާން އުމްރާގައި، ރަމަޟާން މަހުގެ ފަހު 15 ދުވަސް އަދި ޝައްވާލްމަހުގެ 6 ދުވަސް ހިމެނޭގޮތަށް 21 ދުވަސް މައްކާ އަދި މަދީނާގައި ހޭދަކުރާނެ އެވެ. އަދި ހުރިހާ އެންމެންނަށްވެސް އިތުރު އަގަކާ ނުލައި ޖުމްލަ 5 އުމްރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC