
މެދުއިރުމަތީގެ ހަނގުރާމަ: ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
# އިރާން# ފިލިޕީންސްމެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ތެލާއި ގޭހުގެ ސަޕްލައިއަށް ބުރޫއަރައި ފިިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

ފިލިޕީންސްގެ ސަރުކާރުން މިއަދު ނެރުނު ގަރާރެއްގައި ބުނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފިލިޕީންސްގެ ތެލާއި ހަކަތަ ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ އެގައުމުގައި ގައުމީ ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރާ ކަމަށެވެ.
"މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، އޭގެ ސަބަބުން ގައުމުގެ ހަކަތަ ފޯރުކޮށްދިނުމާއި ހަމަޖެހުމަށް ކުރިމަތިވާނެ ނުރައްކާތެރިކަމުގެ އަލީގައި ގައުމީ ހަކަތަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން،" ރައީސް ފަރޑިނަންޑް މާކޯސް ހިއްސާކުރި އެގްޒެކެޓިވް ގަރާރެއްގައި ވިދާލުވި އެވެ.
މިގޮތަށް އިއުލާންކޮށްފައި ވަނީ ކަރަންޓުގެ ހަރަދު ދަށްކޮށް ބެހެއްޓުމަށްޓަކައި ކޯލްއިން ކަރަންޓު އުފައްދާ އިންޖީނުގެތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް އެގައުމުން އިއުލާނުކޮށްފައިވަނިކޮށެވެ.
އެމެރިކާއާއި އިޒްރޭލުން މިދިޔަ މަހު ފަހު ކޮޅު އިރާނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާއިއެކު މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ވަނީ ފެށިފައި އެވެ. އެގޮތުން އިރާނުން ވަނީ އިޒްރޭލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައި އެވެ. އަދި އިރާނުގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށް ތެލާއި ގޭހުގެ ސަޕްލައިގެ 20 އިންސައްތަ ހިއްސާކުރާ މައި މަގު ހުއްޓުމަކަށް ގެނެސްފައި އެވެ.
ގުޅުންހުރި

ފިލިޕީންސަށް އައި ބިންހެލުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު، އެޤައުމުގެ ރައީސަށް ތަޢުޒިޔާ ފޮނުއްވައިފި

ފިލިޕީންސުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

އީރާނުގެ ދެ ޑިޕްލޮމެޓުން 24 ގަޑިއިރު ތެރޭ ޤައުމުން ބޭރުވުމަށް ކުވެއިތުން އަންގައިފި




