
އިރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗާރ އަކަށް އެމެރިކާއާއި އިޒްރޭލުން ހަމަލާއެއް ދީފައިވާ ކަމަށް ރިޕޯޓުކޮށްފި އެވެ.

އިރާނުގެ ފާސް ނޫސް އޭޖެންސީން ރިޕޯޓުކުރާގޮތުގައި ޔަހޫދީންނާއި އެމެރިކާއިން ވައިގެ މަގުން ހަމަލާތަކެއް އަމާޒުކޮށްފައިވަނީ އީރާނުގެ ޚޯރަމްޝާހު އިންޖީނުގެގެ ގޭސް ހޮޅިއަކަށް އަމާޒުކޮށެވެ.
މި ހަމަލާދީފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށާއި ހަމަލާގެ ކުޑަ ގެއްލުންތަކެއް އެ އިންޖީނުގެއާއި ގުޅުންހުރި ގޭސް އެޑްމިނިސްޓްރޭޝަން ބިލްޑިންގާއި ގޭސް ޕްރެޝަރު ރެގިއުލޭޝަން ސްޓޭޝަނަށް ލިބިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް ހިދުމަތް ދިނުމަށް ބުރޫ އަރާވަރުގެ ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ހަކަތައިގެ ހިދުމަތްތައް ހުއްޓުމެއްނެތި އެސަރަހައްދަށް ދެމުންދާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާ ދީފައި ވަނީ ކަރަންޓުގެ އިންފްރާސްޓްރަކްޗާއަށް ހަމަލާ ކުރިޔަށް އޮތް 5 ދުވަހު ހަމަލާ ނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައި ވަނިކޮށެވެ.
ގުޅުންހުރި

މެދުއިރުމަތީގެ ހަނގުރާމަ: ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ރަސް ލައްފާން ފެސިލިޓީއަށް ލިބުނު ގެއްލުންތަކާއިއެކު އިޓަލީއައި ޗައިނާ ހިމެނޭހެން އެލްއެންޖީ އެކްސްޕޯޓު ކުރުމަށް ހަދާފައިވާ ބައެއް އެއްބަސްވުންތައް ގަތަރުން މެދުކަނޑާލައިފި

ލާރިޖިނީގެ ބަދަލުގައި އިރާނުގެ ސަލާމަތީ ކައުންސިލްގެ އައު އިސްވެރިޔަކަށް މުހައްމަދު ބަޣްރު ޒޯލްޣަދަރު!

.gif&w=3840&q=75)



