logoEN
PNC TOP 3
ލާރިޖިނީގެ ބަދަލުގައި އިރާނުގެ ސަލާމަތީ ކައުންސިލްގެ އައު އިސްވެރިޔަކަށް މުހައްމަދު ބަޣްރު ޒޯލްޣަދަރު!

ލާރިޖިނީގެ ބަދަލުގައި އިރާނުގެ ސަލާމަތީ ކައުންސިލްގެ އައު އިސްވެރިޔަކަށް މުހައްމަދު ބަޣްރު ޒޯލްޣަދަރު!

އަހުމަދު ޝުރާއު

logo

3/24/2026, 10:48:35 AM

# އިރާން

-

އިރާނުގެ ސަލާމަތީ ކައުންސިލްގެ އައު އިސްވެރިއަކަށް މުހައްމަދު ބަޣްރު ޖޯލްހަދަރު ހަމަޖައްސައިފި އެވެ.

PNC MID 2

އިރާނުގެ މެހެރް ނޫހުން ދާދި ދެންމެ އަކު ރިޕޯޓުކުރި ގޮތުގައި ސަލާމަތީ ކައުންސިލްގެ އައު އިސްވެރިއަކަށް ހަމަޖައްސާފައިވަނީ މުހައްމަދު ބަޣްރު ޒޮލްޣަދުރު ހަމަޖައްސާފައިވާ ކަމަށެވެ.

މުހައްމަދު ބަޣްރް ޒޮލްޣަދަރަކީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ރިޓަޔާޑް ކޮމާންޑަރެކެވެ، އޭނާ މިހާރު ހުންނެވީ އެކްސްޕީޑިއެންސީ ޑިސްކަރންމަންޓް ކައުންސިލްގެ ސެކްރެޓަރީގެ މަގާމުގަ އެވެ. އިރާނުގެ އެކްސްޕީޑިއެންސީ ޑިސްސަރންމަންޓް ކައުންސިލް އޮފް ދަ ސިސްޓަމް އަކީ އިރާނުގެ މަޖްލިސް އާއި ގާޑިއަން ކައުންސިލާ ދެމެދު އުފެދޭ ޚިޔާލުތަފާތުވުންތައް ނުވަތަ ކޯޅުންތައް ހައްލުކުރުމަށް އުފެއްދި ޚާއްސަ ކައުންސިލެކެވެ. ނަމަވެސް މި ކައުންސިލްގެ މައި ރޯލަކީ އިރާނުގެ ސުޕްރީމް ލީޑަރަކަށް ލަފާދިނުމެވެ.

ޒޮލްގަދުރު ވަނީ އައިއާރުޖީސީގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުވެސް އަދާކުރައްވާފައެވެ. 2007 ވަނަ އަހަރު އީރާނުގެ ސިފައިންގެ ބަސީޖް ފޯސްއާއި ގުޅުން ހުރި ކަންކަމުގެ ޑެޕިއުޓީ ޗީފް އޮފް ޖެނެރަލް ސްޓާފްގެ މަގާމުވެސް އޭނާ އަދާކުރެއްވި އެވެ.

އިރާނުގެ އެންމެ މަތީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔަކަށް ބަޣްރު އައްޔަނުކޮށްފައޮމިވަނީ އެމަގާމުގައި މީގެ ކުރީން ހުންނެވި ލާރިޖާނީ އިޒްރޭލާއި އެމެރިކާގެ ވައިގެ ހަމަލާއެއްގައި މިދިޔަ ހަފްތާގައި ޝަހީދުކޮށްލުމާއި ގުޅިގެންނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC