
-
މާލެ ސަރަހައްދުން ޓެކްސީ ލިބުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަޅާ ޚާއްސަ ފިޔަވަޅެއްގެ ދަށުން ތައާރަފްކުރާ "މާލެ ޓެކްސީ" ލައިންއަށް ހާއްސަ ހޮޓްލައިނެއް ކަނޑައަޅައިފިއެވެ.

ޓެކްސީލައިންގެ ހިދުމަތް އޮޕަރޭޓް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.
އެމްޓީސީސީން މިއަދު ވަނީ ޓެކްސީ ލައިންގެ ހާއްސަ ހޮޓްލައިންއަކަށް 1655 ކަނޑައަޅާފައިވާ ކަން ހާމަކޖޮށްފައެވެ. އެގޮތުން މިއީ ޓެކްސީ ލައިނާ ގުޅޭ މައުލޫމާތުތައް ދިނުމަށް ހާއްސަކޮށްފައިވާ ހޮޓްލައިނެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
ޕްރައިވެޓް އެހެން ޓެކްސީ އެޕްތަކެކޭ އެއްފަދައިން، ސަރުކާރުންވެސް މި ޚިދުމަތް ދޭން ނިންމާފައި ވަނީ އެޕްލިކޭޝަންއެއް މެދުވެރިކޮށެވެ. އެގޮތުން އެމްޓީސީސީގެ ޚާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީ ބުކް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުނޖްނެވެ.
މި ޓެކްސީ ލައިނުން ޚިދުމަތް ދެމުންދާނީ އިލެކްޓްރޯނިކް ވެހިކަލްތައް ބޭނުންކޮށްގެންނެވެ. މި ޚިދުމަތުގައި ބޭނުން ކުރާ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ޗާޖް ކުރުމަށް ޚާއްސަ އީވީ ސްޓޭޝަންތައް މިހާރުވަނީ ތައްޔާރުކޮށްފައެވެ. މި ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވަނީ ކަރަންޓު އުޅަނދުތަކުގައި ފެހި ކުލައިގެ ނަމްބަރު ބޯޑު ބޭނުންކުރާ ގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފައި އެވެ.
.gif&w=3840&q=75)



