logoEN
PNC TOP 3
ގޭހުގެ އައު ޝިޕްމެންޓެއް ގެނެސްފި: 10 ކިލޯގެ ގޭސް ފުޅި މިހާރު ލިބޭނެ!

ގޭހުގެ އައު ޝިޕްމެންޓެއް ގެނެސްފި: 10 ކިލޯގެ ގޭސް ފުޅި މިހާރު ލިބޭނެ!

އަހުމަދު ޝުރާއު

logo

3/23/2026, 2:29:00 PM

# މޯލްޑިވް ގޭސް

-

ރާއްޖެއަށް ބޭނުންވާ ގޭހުގެ އައު ޝިޕްމެންޓެއް މިހާރު ގެނެސްފައިވާކަން ގޭހުގެ ގައުމީ ކުންފުނީ އެފްއެސްއެމް ހިންގާ އެސްޓީއޯއިން ހާމަކޮށްފި އެވެ.

PNC MID 2

އެސްޓީއޯގެ މީޑިއާ އޮފިޝަލް، ޝިފްލާ މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ގޭހުގެ އައު ޝިޕްމެންޓެއް މިހާރު ގެނެސް ގޭހުގެ ދަތިކަން މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.

މިއާއިއެކު މިފަހަކުން ވިއްކުން މެދުކަނޑާލި 10 ކިލޯގެ ގޭސް ފުޅި މިހާރު މޯލްޑިވްސް ގޭސްއިން ލިބޭނެކަން ޝިފްލާ ހާމަކުރެއްވި އެވެ.

މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާއިއެކު ދުނިޔޭގެ ބާޒާރުގައި ގޭހުގެ ސަޕްލައި ވަރަށް ބޮޑަށް ދަށްވެ އަގުތައް ވަނީ އުފުލިގެން ގޮސްފައިއެވެ. އަދި ވަކީން ޚާއްސަކޮށް ރާއްޖެއަށްވެސް ގޭސް އެތެރެކުރުމަށް ބޭނުންކުރާ މައި މަގަކީ މެދުއިރުމަތި ކަމަށްވުމާއިއެކު ރާއްޖެއަށްވެސް ގޭސްގެ ސަޕްލައި ދަށްވެ މޯލްޑިވްސް ގޭސްއިން މިދިޔަ ހަފްތާގައި ވަނީ 10 ކިލޯގެ ގޭސް ފުޅި ވިއްކުން މަޑުޖައްސާލާފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC