logoEN
PNC TOP 3
ވަޔޮކާނޯ އަތުން ހޯދި މޮޅާއެކު ބާސެލޯނާއަށް ހަތް ޕޮއިންޓްގެ ލީޑެއް

ވަޔޮކާނޯ އަތުން ހޯދި މޮޅާއެކު ބާސެލޯނާއަށް ހަތް ޕޮއިންޓްގެ ލީޑެއް

ހަސަން ޝަމްއޫން

logo

3/22/2026, 7:34:20 PM

# ބާސެލޯނާ# ސްޕެނިޝް ލަ ލީގާ# ބޭރު ދުނިޔޭގެ ކުޅިވަރު# ރަޔޯ ވަޔޮކާނޯ

ބާސެލޯނާ އާއި ރަޔޯ ވަޔޮކާނޯ ވާދަކުރި މެޗުގެ ތެރެއިން..

ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަޔޮކާނޯ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ތާވަލުގެ ކުރީގައި ހަތް ޕޮއިންޓަށް ލީޑު ފުޅަކޮށްފިއެވެ.

PNC MID 2

ލީގުގައި ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ސެވިއްޔާ އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު. ލީގުގައި ރަޔޯ ވަޔޮކާނޯ އެންމެ ފަހުން ކުޅުނު މެޗުގައި ލެވާންޓޭ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.

ބާސެލޯނާގެ ކޭމްޕް ނޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު. އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރަނަލްޑް އަރައުހޯ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ޖޮއައު ކޮންސެލޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މީގެ އިތިރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 29 މެޗުން ބާސެލޯނާއަށް 73 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 28 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ރަޔޯ ވަޔޮކާނޯ އިން ލީގުގައި ކުޅުނު 29 މެޗުން ހޯދި 32 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC