logoEN
PNC TOP 3
އެވަޓަން އަތުން ބަލިވެ ގަދަ ހަތަރެއްގެ ފުރުސަތު ޗެލްސީއަށް ހަނިވެއްޖެ

އެވަޓަން އަތުން ބަލިވެ ގަދަ ހަތަރެއްގެ ފުރުސަތު ޗެލްސީއަށް ހަނިވެއްޖެ

ހަސަން ޝަމްއޫން

logo

3/21/2026, 11:57:06 PM

# އެވަޓަން# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# ޗެލްސީ

ޗެލްސީ އާއި އެވަޓަން ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި އެވަންޓަން އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެ ގަދަ ލީގުގެ ހަތަރަކަށް އެރުމަށް ޗެލްސީ އިން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅިއްޖެއެވެ.

PNC MID 2

ލީގުގައި އެވަޓަން އެންމެ ފަހުން ކުޅުނު މެޗުގައި އާސެނަލް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ނިއުކާސަލް އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި އެވަޓަންގެ ފޯވާޑް ބެޓޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ލީޑު ހޯދައިދީފައެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އެވަޓަން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އެވަޓަން އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި އެޓީމުން ލީޑު ފުޅާކުރި ލަނޑު ބެޓޯ ކާމިޔާބުކުރިއިރު، އެވަޓަންގެ ތިންވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސެނަގާލް ފޯވާޑް އިލިމާން އެންޑިއާއި އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 31 މެޗުނަ އެވަޓަންއަށް 46 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޗެލްސީ އިން ލީގުގަައި ކުޅުނު 31 މެޗުން ހޯދި 48 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC