logoEN
PNC TOP 3
ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

# އަލިފާނުގެ ހާދިސާ

އަލިފާންގަނޑު ނިއްވާލަން އެމްއެންޑީއެފުން މަސައްކަތްކުރަނީ- ފޮޓޯ: އެމްއެންޑީއެފް

މާލެ، ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި އެވެ.

PNC MID 2

އެމްއެންޑީއެފުން ބުނީ ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި އަލިފާންގަނޑު ރޯވެފައިވަނީ ހެނދުނު 10:57 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވެގެން އަލިފާންގަނޑު ނިއްވާލާފައިވަނީ 11:52 ހާއިރު އެވެ. ނަމަވެސް އެމްއެންޑީއެފުން މި ހާދިސާ ހިނގަން ދިމާވި އެއްވެސް ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިިފައިވާކަންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

undefinedއަލިފާންރޯވި ގެ- ފޮޓޯ: އެމްއެންޑީއެފް

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފާހަގަވާ ގޮތުގައި މި އަލިފާންގަނޑު ވަރަށް ބޮޑަށް ރޯވެގެން ފެތުރިފައިވާއިރު، އެތަނުގައި އޮތީ ހުސް ކަޅު ދުމެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC