ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ކުރިޔަށްދަނީ
# އަލިފާނުގެ ހާދިސާ# އިލެކްޝަން ކޮމިޝަންވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުމުގެ ތެރެއިން- ފޮޓޯ: އީސީ
ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓްރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަންސް އިން ބުނެފި އެވެ.

އީސީ އިން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އިންތިހާބާބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގެ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އިންތިހާބީ މަސައްކަތްތައް ހުއްޓުމެއްނެތި ތާވަލާއެއްގޮތަށް ކުރިއަށްދާ ކަމަށެވެ.
އެގޮތުން މިވަގުތުގައިވެސް ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ފެށިގެން ކުރިއަށްދާ ކަމަށް އީސީން ބުންޏެވެ.
ރޭ ހިނގި އަލިފާނުގެ ސަބަބުން ސޮއިކުރުމުގެ ކަންކަން ވަގުތީ ގޮތުން މެދުކަނޑަލާފައިވެ އެވެ. ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފެށީ އިއްޔެ އެވެ. ކުރިން ނިންމާފައި އޮތީ މިއަދުގެ ނިޔަލަށް އިންތިހާބާ ބެހޭ މަރުކަޒުގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން މެންދުރު ފަހު 03:00އަދި ރޭގަނޑު 09:30އިން 12:00އަށް ސޮއިކުރުން ކުރިއަށް ގެންދިއުމަށެވެ.
ގުޅުންހުރި
ރަތްމަންދޫއާއި ރަކީދޫގެ ޑަބްލިއުޑީސީ އިންތިހާބު ޖޫން 20 ގައި!
.jpg&w=3840&q=75)



