
ކޮންކާކަފް ޗެމްޕިއަންސް ކަޕުގެ ރައުންޑް އޮފް 16 އިން އިންޓަ މިއާމީ ކަޓައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ނަޝްވެލް އެސްސީ# އިންޓަ މިއާމީ # ކޮންކާކަފް ޗެންޕިއަން ކަޕްނަޝްވެލް އެސްސީ އާއި އިންޓަ މިއާމީ ވާދަކުރި މެޗުގެ ތެރެއިން..
ނޯތު އަދި ސެންޓްރަލް އެމެރިކާގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި ކުލަބު ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި މިރޭ އަމިއްލަ ދަނޑުގައި ނަޝްވެލް އެސްސީ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ އިންޓަ މިއާމީ މުބާރާތުން ކަޓައިފިއެވެ.

ނަޝްވެލް އެސްސީގެ ދަނޑުގައި މިދެޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ނަޝްވެލް އިން ކުރިހޯދީ އަވޭ ގޯލުގެ ތަފާތުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އިންޓަ މިއާމީ އިން މެޗު ޑޮމިނޭޓްކުރިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސް އެޓީމުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. މިއީ މެސީގެ ކެރިއަރުގައި ކުލަބަށާއި ގައުމީ ޓީމަށް އެނާ ކާމިޔާބުކުރި 900 ވަނަ ލަނޑެވެ.
މީގެ އިތުރުން ވެސް މިހާފުގައި އިންޓަ މިއާމީ އިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އިންޓަ މިއާމީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ނަޝްވެލް އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އެސްޕިނޯޒާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު 1-1 ގެ އެގްރިގޭޓް ނަތީޖާއަކުން ދެޓީމު އެއްވަރުވިއިރު، ނަޝްވެލް ކުރިހޯދީ އަވޭގޯލްގެ ތަފާތުންނެވެ. އަދި ފާއިތުވެދިޔަ ދެއަހަރު މިމުބާރާތުގައި އިންޓަ މިއާމީ އިން ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާއިރު، 2024 ވަނަ އަހަރު ކުއާޓާ ފައިނަލުގައި މެކްސިކޯގެ މޮންޓްރޭރޯ އަތުން ބަލިވިއިރު، މިދިޔަ އަހަރު ސެމީފައިނަލުގައި އެޓީމު ބަލިވީ ކެނަޑާގެ ވައިޓް ކެޕް އަތުންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




